Advertisement

އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް

4 ފެބުރުވަރީ 2024 - 10:28 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އޭޑީކޭ ހޮސްޕިޓަލް: އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފައިވޭ --- ފޮޓޯ: އިޔާން / އަދަދު


އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް

4 ފެބުރުވަރީ 2024 - 10:28 0

އިއްޔެ ހަވީރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.

އަނިޔާވި ހަތަރު މީހުންގެ މައުލޫމާތު "އަދަދު" އާ ހިއްސާ ކުރަމުން ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ބުނީ އެކްސިޑެންޓް ވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު ފަރުވާއަށް އެކަކު އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފައި ވާއިރު ބާކީ ތިބި ދެ މީހުންނަށް އަދިވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިޔާ އޮފިޝަލް ބުންޏެވެ.

"އެކި ވަރުގެ ފްރެކްޗަރ އެބަ ހުރި، ސީރިއަސް އަނިޔާތަކެއް ލިބިފައި ހުރީ، އިތުރު ފަރުވާ ދޭން ޖެހޭތީ އެކަކު އޭޑީކޭއަށް ފޮނުވާލާފައި ވަނީ،" މީޑިޔާ އޮފިޝަލް ބުންޏެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރި އެވެ.

ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ހަވީރު 16:28 ހާއިރު އެވެ. މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ފިތުރޯނު މަގުގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަ ގޮތުގައި ޖެހުނު ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ. އަދި, ބައެއް މީހުންގެ ހެެލްމެޓުތައް ވެސް ވިއްސައިގެން ދުރަށް ގޮސްފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.