Advertisement

ޑިމޮކްރެޓްސްގެ ޓިކެޓު ފިރުޝާން އާއި ސައިފްއަށް

3 ފެބުރުވަރީ 2024 - 17:31 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ޑިމޮކްރެޓްސްގެ ޓިކެޓު ފިރުޝާން އާއި ސައިފްއަށް

3 ފެބުރުވަރީ 2024 - 17:31 0

ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އާއި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ފިރުޝާން އެ ޕާޓީގެ ޓިކެޓު ކަށަވަރުކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ސައިފް ވާދަކުރެއްވީ ހެންވޭރު ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓަށް އޭނާއާ ވާދަ ކުރީ އަހުމަދު އަސްވަން ނުއުމާން އެވެ.

އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސައިފް އަށް ވަނީ ޖުމުލަ 27 ވޯޓުގެ ތެރެއިން 15 ވޯޓު ލިބިލައްވައިފަ އެވެ. އަސްވަންއަށް ލިބުނީ 12 ވޯޓެވެ.

ހިނގަމުންދާ މަޖިލީހުގައި މަޑަވެލި ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންވަދާ ފިރުޝާން މިފަހަރު ވާދަކުރައްވާނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓަށް އޭނާއާ ވާދަ ކުރީ މުހައްމަދު ފައިސަލް އާއި ހަސަން އަގީލް އެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓު ފިރުޝާން ކާމިޔާބު ކުރެއްވީ 74 ވޯޓު ހޯއްދަވައިގެންނެވެ.

ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އެ ދެ ދާއިރާގެ އެކަންޏެވެ. އެ ޕާޓީން ދެން ވާދަކުރާ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަން ނުޖެހުނީ އެ ދާއިރާތަކަށް އެކަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތި ލާފައި ނުވާތީ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން 41 ދާއިރާއަކަށް ވާދަ ކުރާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.