Advertisement

ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ނުދީ އޮތީ 185 މިލިއަން ރުފިޔާ: އަމީރު

2 ފެބުރުވަރީ 2024 - 20:06 0

ނިމާ ހަސަން

ނިމާ ހަސަން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު; ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ނުދެއްކި އޮތީ 185 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެ, ސަރުކާރަށް ރައްދު ދެއްވި -- ފޮޓޯ: އަދަދު


ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ނުދީ އޮތީ 185 މިލިއަން ރުފިޔާ: އަމީރު

2 ފެބުރުވަރީ 2024 - 20:06 0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ނުދެއްކި އޮތީ 185 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު, މި ސަރުކާރަށް ރައްދު ދެއްވައިފި އެވެ.

އަމީރު މިހެން ވިދާޅުވީ, ކުރީ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތް ކަމަށް މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވުމާ ގުޅިގެންނެވެ.

"އަދި އަޅުގަނޑުމެންވާނީ މިފްކޯއަށް މަސްވެރިންނަށް ފައިސާދޭން 100 މިލިއަން ރުފިޔާ, އާ ސަރުކާރަށް ހަމަޖައްސާފައި. އަޅުގަނޑުމެން އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން ދިޔައީ," އަމީރު ވިދާޅުވި އެވެ.

ޝިޔާމަށް ރައްދު ދެއްވާ އަމީރު ވިދާޅުވީ 2023, ނޮވެމްބަރު 16ގެ ނިޔަލަށް މަސްވެރިންނަށް ނުދެއްކި އޮތީ 185 މިލިއަން ރުފިޔާ ކަމަށާއި, ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު އެ ފައިސާ ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސި ކަމަށެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދެވުނީ, އެއަށްވުރެ، މި ސަރުކާރަށް އެހެން އިސްރާފުތައް މުހިންމު ވުމުން ކަމަށެވެ. އަދި ކުރީ ސަރުކާރުން މިއަށްވުރެ މާ ދަތި ދުވަސްތަކުގައި ވެސް މަސްވެރިންނަށް ފައިސާ ދޫކުރަމުން ގެންދިޔަ ކަން އަމީރު ފާހަގަކުރެއްވި އެވެ.