Advertisement

ވަހީދާއި ޔާސިރަށް ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ

1 ފެބުރުވަރީ 2024 - 18:18 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު އަބްދުﷲ ވަހީދު (ވ) އަދި މެންބަރު ޔާސިރު އަބްދުއްލަތީފް (ކ)؛ ދެ މެންބަރުންނަށް ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ - ފޮޓޯ: މަޖިލިސް


ވަހީދާއި ޔާސިރަށް ވެސް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ

1 ފެބުރުވަރީ 2024 - 18:18 0

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށް، އަންނަ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ދެ މެންބަރުން ވާދަކުރައްވަނީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވާ ދާއިރާއަށެވެ.

މާޗު 17، ގައި ބާއްވާ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް އޮންނަ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުޅުދުއްފުށި އުތުރު ދާއިރާއަށް ޔާސިރުގެ އިތުރުން އިތުރު އެކަކު ކުރިމަތިލި އެވެ. ދިއްދޫ ދާއިރާއަށް ވެސް އަބްދުﷲ ވަހީދުގެ އިތުރަށް އެކަކު ކުރިމަތިލި އެވެ.

އެމްޑީޕީން ދެންމެ ކުރި އިއުލާނެއްގައި ބުނި ގޮތުގައި ޕްރައިމަރީއަށް ވާދަކުރާ ކެންޑިޑޭޓުން އިއުލާން ކުރި ފަހުން ބައެއް ކެންޑިޑޭޓުން ނަން ނެގުމުގެ ސަބަބުން މިހާރު އިތުރު ތިން ދާއިރާއެއްގެ ޓިކެޓު ލިބޭ ކެންޑިޑޭޓު ކަށަވަރު ކުރެވިފައިވެ އެވެ.

އެ ކެންޑިޑޭޓުންނަކީ ޔާސިރާއި އަބްދުﷲ ވަހީދުގެ އިތުރުން މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލި މ.ޖަވާހިރު ވާދީ، އިފްހާމް ހުސައިނެވެ.

މި ތިން ދާއިރާގެ ޓިކެޓު ކަށަވަރު ވުމުން، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އޮންނަނީ 40 ދާއިރާއެއްގަ އެވެ. އެ 40 ދާއިރާއަށް 149 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ އެ ޕްރައިމަރީގައި 25،325 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.