Advertisement

ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުން އެއްބާރުލުން ދެނީ

1 ފެބުރުވަރީ 2024 - 16:12 1

ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު. ފޮޓޯ: ރައީސް އޮފީސް


ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުން އެއްބާރުލުން ދެނީ

1 ފެބުރުވަރީ 2024 - 16:12 1

ރާއްޖެއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދީފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު އާއްމުކުރި ލިއުމެއްގައި ބުނީ ޕާކިސްތާނުގެ ކެއާޓޭކާ ބޮޑުވަޒީރު (އެގައުމުގެ ޕާލަމެންޓް އަލުން އިންތިހާބުކޮށް، ސަރުކާރެއް އެކުލަވައިލަންދެން ބޮޑުވަޒީރުކަމުގައި ހުންނެވި) އަންވާރުލް ހައްގު ކަކަރް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށެވެ. ރާއްޖެއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަންވާރުލް ހައްގު ދެއްވީ އެ ފޯންކޯލުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް އެ ފޯން ކޯލްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

ރައީސް އާއި ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ބައިނަލް އަގުވާމީ މަސްރަހުގައި ދެގައުމުން އިސްކަންދޭ ކަންތައްތައް ވެސް ހިމެނޭ ކަމަށް ރައީސް އޮފީހުގެ ލިއުމުގައި ބުންޏެވެ.

"... މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައި، އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ،" ރައީސް އޮފީހުގެ ލިއުމުގައި ވެ އެވެ.

ރާއްޖެއިން ޕާކިސްތާނާއެކު ސިޔާސީ ގުޅުން ގާއިމްކުރީ 1966، ޖުލައި 26، ގަ އެވެ.