Advertisement

އެމްއައިބީގެ ރޯދަ ޕްރޮމޯޝަނުގައި ހަތަރު މީހަކަށް އުމްރާ ދަތުރު ދެނީ

1 ފެބުރުވަރީ 2024 - 12:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

4 ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ އެމްއައިބީގެ ރޯދަ ޕްރޮމޯޝަން ފެށުން -- ފޮޓޯ: އެމްއައިބީ


އެމްއައިބީގެ ރޯދަ ޕްރޮމޯޝަނުގައި ހަތަރު މީހަކަށް އުމްރާ ދަތުރު ދެނީ

1 ފެބުރުވަރީ 2024 - 12:14 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރޯދަ ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްއަކަށް ހަތަރު މީހަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ މިއަދުން ފެށިގެން އަންނަ އެޕްރީލް 13، ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީން ބުނީ، ވިސާ ކާޑުން އެންމެ 20 ޓްރާންސެކްޝަން ހަދައިގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި މިގޮތުން ގުރުއަތުން ހޮވޭ ހަތަރު މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ދެ ފަރާތަކަށް އިފްތާރް ޕެކޭޖެއް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީގެ ހުރިހާ ހިދުމަތްތަކަކީ ކޮންމެ މީހަކަށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހައިން ހޯދޭނެ އިންތިޒާމު ހަމަޖައްސަން އެ ބޭންކުން ދެމުން އަންނަ ގިނަ ހިދުމަތްތައް މިހާރު ވަނީ ޑިޖިޓަލްކޮށްފަ އެވެ. އެގޮތުން ވަގުތުން އެކައުންޓު ހުޅުވުމުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ވަގުތުން އެކްޓިވޭޓުކުރެވޭ އިންސްޓަންޓް ކާޑެއް ވެސް އެ ބެންކުން ވަނީ ތައާރަފްކޮށްފަ އެވެ.

"އުޖާލާ" ފައިނޭންސިން ފެސިލިޓީގެ ހުރިހާ ހިދުމަތެއްގެ އިތުރުން "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް އުޖާލާ ދިރިއުޅުމުގެ ހުރިހާ ފެސިލިޓީތަކަށް ހުށަހެޅުމާއި އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ވެސް އެ ބޭންކުން ވަނީ ޑިޖިޓަލްކޮށްފަ އެވެ.