Advertisement

ދިވެހި މަސް ދޯނިތަކަށް އެރީ އިންޑިއާ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީނެއް ނޫން

1 ފެބުރުވަރީ 2024 - 10:13 2

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އިންޑިއާ ސިފައިން އެރި ކަމަށް ބުނާ އަސުރުމާ-3 -- ފޮޓޯ: މަސްވެރިން.ކޮމް


ދިވެހި މަސް ދޯނިތަކަށް އެރީ އިންޑިއާ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީނެއް ނޫން

1 ފެބުރުވަރީ 2024 - 10:13 2

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދޫ އަސުރުމާ-3 ދޯންޏާއި އިތުރު ދެ ދޯންޏަކަށް އިއްޔެ އެރީ ކޮން ގައުމެއްގެ ސިފައިންކަން ކޯސްޓް ގާޑަށް ޔަގީންނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

އަސުރުމާ ދޯނި އޮތް ސަރަހައްދަށް ކޯސްޓް ގާޑުން ދިޔައިރު، އެ ދޯނީގައި އެއްވެސް ގައުމެއްގެ ސިފައިން ނެތް ކަމަށާއި ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިންތޯ ކަށަވަރުކޮށް ބުނަން ނޭނގޭކަމަށް "އަދަދު" އާ ވާހަކަ ދައްކަމުން އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އަސުރުމާ-3 އޮތް ސަހަރައްދުގައި މިހާރު އާންމު ހާލަތުގައި މަސްދޯނިތައް މަސްވެރިކަން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ނަމަވެސް، އަސުރުމާ ދޯނީގެ އިތުރުން ދެ ދޯންޏަކަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް ހަތިޔާރު ހިފައިގެން އެރިކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފަ އެވެ.

އެ ޔޫނިއަންގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަސުރުމާ-3 ގެ އިތުރުން ނިރު-7 އާއި މާހޯރަ-3 އަށް ވެސް އިންޑިއާގެ ދެ ކޯސްޑުގާޑު އުޅަނދު ކައިރިކޮށް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަސުރުމާ ދޯންޏަށް އެރުމަށްފަހު ތުރާޔާ ބުރޭންޑުގެ ސެޓެލައިޓު ފޯނު ބޭނުން ކުރޭތޯ އިންޑިއާ ސިފައިން ސުވާލުކުރި ކަމަށް ދޯނީގެ އޮޑިވެރިޔާ މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ. ނަމަވެސް އެ ދޯނީގައި އެ ބްރޭންޑުގެ ފޯނެއް ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.

އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިން އަރީ އިއްޔެ މެންދުރުފަހު 2:30 ހާއިރު ކަމަށް އޮޑިވެރިޔާ ބުންޏެވެ. އެ ދޯންޏަށް އިންޑިއާ ސިފައިން އެރިއިރު، އެ ދޯނީގައި 18 ފަޅުވެރިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ މަސް ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރައިފައިވާކުމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފެށީ އިއްޔެ 15:50 ހާއިރު އެވެ.