Advertisement

ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޮލަށް ޗިޕެއް އިންޕްލާންޓްކޮށްފި

30 ޖަނަވަރީ 2024 - 11:37 1

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ނިއުރަލިންކްގެ މި ޗިޕަށް ދީފައިވާ ނަމަކީ "ޓެލެޕަތީ"


ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޮލަށް ޗިޕެއް އިންޕްލާންޓްކޮށްފި

30 ޖަނަވަރީ 2024 - 11:37 1

އިލޮން މަސްކްގެ ކުންފުނި ނިއުރަލިންކް އިން ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޮލަށް "ބްރެއިން ޗިޕް" އެއް އިންޕްލާންޓްކޮށްފައިވާކަމަށް އޭނާ ބުނެފި އެވެ.

މިކަން އޭނާ ހާމަކުރީ އެކްސް ގައި ކުރި ޕޯސްޓަކުންނެވެ. އިއްޔެގެ ވަގުތެއްގައި މި އިމްޕްލާންޓްކޮށްފައިވާ ކަމަށާއި، އިމްޕްލާންޓް ލިބުނު ފަރާތުގެ ހާލު ރަނގަޅުކަމަށް އެ ޕޯސްޓްގައި މަސްކް ބުނެފައިވެ އެވެ. އަދި ފުރަތަމަ ޓެސްޓުތަކުން ވެސް "ނިއުރޮން" ގެ ހަރާކާތްތައް ފެނުން ފަދަ އުއްމީދީ ނަތީޖާތަކެއް ފެންނަމުންދާކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މަސްކް ކޮށްފައިވާ ޕޯސްޓްތައް


ޖެހިޖެހިގެން ކުރި ޕޯސްޓްތަކުގައި މަސްކް ވަނީ އެ ކުންފުނީގެ ފުރަތަމަ އުފެއްދުމުގެ ނަން ވެސް ހާމަކޮށްފަ އެވެ. އެގޮތުން މި އިމްޕްލާންޓަށް ދެވިފައިވާ ނަމަކީ "ޓެލެޕަތީ" ކަމަށް އޭނާ ބުނެ އެވެ. މި ބަހުގެ މާނައަކީ އިތުރު އެއްވެސް ހިއްސެއްގެ ބޭނުންކުރުމެއް ނެތި، ސީދާ ހިޔާލުތަކުން މުއާމަލާތުކުރުމެވެ.

ސިކުނޑީގެ ސައިންސާ ގުޅޭ ގިނަ ދިރާސާތަކަކާއި ތަހުލީލުތަކެއް ކޮށްފައިވާ ނިއުރަލިންކްގެ މި އުފެއްދުމުން، ހަމައެކަނި ހިޔާލުތަކުން ފޯނާ ކޮމްޕިއުޓަރު ފަދަ އެތައް ޑިވައިސްތަކެއް ހަލުވި ކަމާއެކު ކޮންޓްރޯލްކުރެވޭނެކަމަށް މަސްކް ބުނެ އެވެ. މި އުފެއްދުން ފުރަތަމަ ފޯރުކޮށްދޭނީ އަތްފައި ބޭނުންކުރުމަށް ނުކުޅެދިފައިވާ މީހުންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ނިއުރަލިންކްގެ ތަހުލީލުތަކުގައި އިންސާނުން ބޭނުންކުރުމުގެ ހުއްދަ ދިނީ މިދިޔަ އަހަރެވެ. އޭގެ ކުރިން އެ ކުންފުނިން ވަނީ މިފަދަ ޗިޕް ތައް ބޭނުންކޮށްގެން އޫރާއި ރާމާމަކުނު ފަދަ ޖަނަވާރުތަކުގެ ތަހުލީލުތަކެއް ކޮށްފަ އެވެ.

ޓެކްނޮލޮޖީ ޑިވައިސްތަކާ އިންސާނާގެ ސިކުނޑިއާއި ގުޅުވޭނެ ގޮތެއް ހޯދުމަށް މަސްކް އިސްނަގައިގެން ފެށި މަސައްކަތަށް މިހާރު ފަސް އަހަރު ވެއްޖެ އެވެ. މި ތާރީހުގައި ނިއުރަލިންކް އިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އިރު، އެއާއެކު ބައެއް ފަރާތްތަކުން އަންނަނީ ގޮތް ނޭނގޭ ސައިންސު ކުރިއަރުވާތީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.