Advertisement

ފޭރުނު ދެ މަސްބޯޓާއި ފަޅުވެރިން ސަލާމަތްކޮށްފި

30 ޖަނަވަރީ 2024 - 06:59 0

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ކުޑަ ޑިންގީއެއްގައި


ފޭރުނު ދެ މަސްބޯޓާއި ފަޅުވެރިން ސަލާމަތްކޮށްފި

30 ޖަނަވަރީ 2024 - 06:59 0

ސޯމާލިއާގެ ކަނޑުފޭރޭ މީހުން އަތުލި ސްރީލަންކާގެ މަސް ބޯޓާއި އިރާނުގެ މަސް ބޯޓު ސަލާމަތްކޮށްފި އެވެ.

ހަ ފަޅުވެރިންނާއެކު މި މަހުގެ 12 ގައި ފުރި އެ ބޯޓު ސޯމާލިއާ އާ 800 މޭލު ބޭރުން ހައިޖެކްކޮށްފައި ވަނިކޮށް ސަލާމަތް ކުރީ ސީޝެލްސްގެ ސިފައިން ހިންގި އޮޕަރޭޝަނެއްގަ އެވެ.

"ސީޝެލްސްގެ ހާއްސަ އަސްކަރީ ފޯހުން ސްރީ ލަންކާގެ މަސްބޯޓަށް އެރީ ވަރަށް ހިތްވަރާއެކު ބޯޓުގެ ފުރިހަމަ ކޮންޓްރޯލް އަތުލައި ސްރީލަންކާގެ އަޚުން ސަލާމަތް ކުރަން،" ސީޝެލްސްގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލަންކާގެ ބޯޓު ހޯދަން އެ ސަރަހައްދަށް އިންޑިއާއިން މަނަވަރެއް ވަނީ ފޮނުވައިފަ އެވެ.

ސީޝެލްސްގެ އަސްކަރީ ފޯހުން ލަންކާގެ ބޯޓު ސަލާމަތްކުރިއިރު، އިންޑިއާގެ ސިފައިން ވަނީ، ސޯމާލިއާގެ ކަނޑުފޭރޭ މީހުން އަތުލި އިރާނުގެ މަސްވެރިންގެ ބޯޓެއް ސަލާމަތްކޮށްފަ އެވެ. އެ ބޯޓުގައި 17 ފަޅުވެރިން ތިއްބެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ހާއްސަ އޮޕަރޭޝަނުގައި އެ ބޯޓާއި ފަޅުވެރިން ވެސް ސަލާމަތްކޮށްފައިވާ ކަމަށް އެ އިންޑިއާއިން ބުނެ އެވެ.