Advertisement

ކޮންގޯ އަތުން ބަލިވެ މިސްރު އެފްރިކަން ކަޕުން ކަޓައިފި

29 ޖަނަވަރީ 2024 - 11:29 0

މިސްރުގެ މުހައްމަދު މުސްތަފާ އަތުން ޕެނަލްޓީ ނާކާމިޔާބުވުމުން މާޔޫސްވެފައި.


ކޮންގޯ އަތުން ބަލިވެ މިސްރު އެފްރިކަން ކަޕުން ކަޓައިފި

29 ޖަނަވަރީ 2024 - 11:29 0

ސެން ޕެޑްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 29) - ޕެނަލްޓީ ޖަހައިގެން 8-7 އިން ކޮންގޯ އަތުން ބަލިވެ މިސްރު އެފްރިކަން ކަޕް އޮފް ނޭޝަންސް އިން ކަޓައިފި އެވެ.

އަނިޔާގެ ސަބަބުން މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ކުޅުމާ ދުރުގައި ހުރިއިރު، އެ ޓީމުގެ ކީޕަރު، މުހައްމަދު އަލް ޝަނާވީ ވެސް މި މެޗުގައި ނުކުޅެ އެވެ. އޭނާ އަށް ނުކުޅެވުނީ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

ކޮންގޯ އިން ރޭގެ މެޗުގައި ލީޑުނެގީ 37 ވަަނަ މިނިޓްގައި މެޝަކް އެލީއާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިސްރުން ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަަމަކޮށްފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ މުސްތަފާ މުހައްމަދު އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ކޮންމެ ޓީމަކުން ނުވަ ޕެނަލްޓީ ޖެހިއިރު، މިސްރުގެ ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. ކޮންގޯ އަތުން ނާކާމިޔާބުވީ އެއް ޕެނަލްޓީ އެވެ. މިސްރުން ޕެނަލްޓީ ނާކާމިޔާބުވީ މެޗުގައި ޕެނަލްޓީ ކާމިޔާބުކުރި، މުސްތަފާ މުހައްމަދާއި ކީޕަރު އަބޫ ގަބާލް އަތުންނެެވެ.

ކޮންގޯގެ އާތޫރު މަސުއާކޫ އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމު މޮޅުވި ޕެނަލްޓީ ޖެހީ، ކީޕަރު ލިއޮނަލް އެމްޕާސީ އެވެ.

ކޮންގޯ އިން ކުއާޓާ ފައިނަލުގައި ކުޅޭނީ ގިނީއާ އެވެ. ގިނީން ވަނީ ގަދަ 16 ބުރުގައި އިކުއޭޓްރަލް ގިނީ އަތުން 1-0 އިން މޮޅުވެފަ އެވެ.