Advertisement

ވަޒީރުންނަށް ރުހުން ދޭން ސަރުކާރުން މަޖުބޫރުކުރަމުންދާ ކަމަށް ބުނެ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި

28 ޖަނަވަރީ 2024 - 15:44 0

އަހުމަދު އާއިދު

އ

Advertisement


ވަޒީރުންނަށް ރުހުން ދޭން ސަރުކާރުން މަޖުބޫރުކުރަމުންދާ ކަމަށް ބުނެ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި

28 ޖަނަވަރީ 2024 - 15:44 0

Advertisement

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ރުހުން ދޭން ސަރުކާރުން މަޖުބޫރު ކުރަމުންދާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މެންދުރު 1:30 އަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިޔުމަަށް ހުރަސްއަޅައިފަ އެވެ. އެކަމުގެ ތެރޭގައި ބައެއް މެންބަރުންގެ މެދުގައި މާރާމާރީ ވެސް ހިނގާފައިވެ އެވެ.

Advertisement

"ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖުބޫރުކުރުމަށް ހިންގާ މިފަދަ އަމަލުތައް ނުހިންގުމަަށް މި ޕާޓީން ގޮވާލަން،" މަޖިލީހުގައި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީން ބުނެފައިވެ އެވެ.

އެގޮތުން މިއަދު މެންދުރުފަހު ވޯޓުލާން އޮތް ޖަލްސާގެ ދަންފަޅިއަށް މެންބަރުން ވަނަ ނުދީ ސަރުކާރު މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ތަޅުވެސް އަޅުވާފަ އެވެ.

ޖަލްސާ ފެށުމާ އެކު ސަރުކާރު މެމްބަރުން ރިޔާސަތުގެ މައިކް ނަގައިފި

ރިޔާސަތުގެ މޭޒުގެ ކައިރީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިހާރު ވެސް ތިބި އިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުގައި މަޖިލީހުގެ ސަލާމަތީ ކަންތައްތަައް ބަލަހައްޓާ އޮފިސަރުން ވެސް އެބަ ތިއްބެވެ.

ޖަލްސާ ފެށުމާ އެކު ސަރުކާރު މެމްބަރުން ރިޔާސަތުގެ މައިކް ނަގައިފި

ރިޔާސަތުގެ މޭޒުގެ ކައިރީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިހާރު ވެސް ތިބި އިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުގައި މަޖިލީހުގެ ސަލާމަތީ ކަންތައްތަައް ބަލަހައްޓާ އޮފިސަރުން ވެސް އެބަ ތިއްބެވެ.

Advertisement

ޑިމޮކްރެޓުންގެ ބަޔާނުގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަަޅައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިންގައި ޖަލްސާ ހުއްޓުވާފައިވާތީ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ތެރެއިން ވަޒީރުންނަށް ރުހުންދިނުމާ މެދު މަޖިލީހުގެ މެމްބަރުން ނިންމާ ގޮތަކަށް އެ މެމްބަރުން ވޯޓު ދިނުމަކީ އެ މެމްބަރުންގެ ޒިންމާއެއްކަމަށްވާއިރު، ސަރުކާރުން ބޭނުންވާގޮތް ނޫންގޮތަކަށް މެމްބަރުން ވޯޓް ދޭނަމަ، ޖަލްސާއަށް ހުރަސްއެޅުމަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ހުރަސް ހުރަސްއެޅުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖަލްސާ ބޭއްވުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރި ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުން ގާނޫނުއަސާސީގައި ވާގޮތަށް ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކުރިއަށް ގެންދެވޭގޮތް ނުވުމަކީ ސަރުކާރުން ހިންގާ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެ ޕާޓީން ވަނި ސިފަކޮށްފަ އެވެ.