28 ޖަނަވަރީ 2024 - 15:25 0
މުހައްމަދު ނަސީމް
28 ޖަނަވަރީ 2024 - 15:25 0
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާ މިރޭ ކުރިއަށް ގެންދަން މަސައްކަތް ފެށުމާ އެކު ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހުރަސް އަޅަައި، ރިޔާސަތުގެ މޭޒުގައި އިން މައިކްރޮފޯން އަތުލައިފި އެވެ.
ރައްޔިންގެ މަޖިލީހުގެ މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ރިޔާސަގެ މޭޒުގައި އިން މައިކްރޮފޯން ނަގައިގެން ގެންދިޔައީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ. އޭނާއަކީ އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވުމަށް ފަހު ވެރިކަން ބަދަލުވުމާ އެކު ވެރިކަން ކުރާ ޕީއެންސީއަށް ބަދަލުވި މެމްބަރެކެވެ.
ރިޔާސަތުގެ މޭޒުގެ ކައިރީގައި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިހާރު ވެސް ތިބި އިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުގައި މަޖިލީހުގެ ސަލާމަތީ ކަންތައްތަައް ބަލަހައްޓާ އޮފިސަރުން ވެސް އެބަ ތިއްބެވެ.
މިހާރު އަނެއްކާ ވެސް މަޖިލިސް އޮތީ ހުސް ވަގުތުކޮޅަކަށް މެދުކަނޑާލާފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment