Advertisement

ރުހުން ދިނުމާއި ނުދިނުމަކީ މަޖިލީހުގެ ބާރެއް، ޗެކް އެންޑް ބެލެންސް ހިނގަނީ އެހެން: ޖަމީލް

28 ޖަނަވަރީ 2024 - 12:26 1

ސާއިފް ޝިޔާދު

ސ

Advertisement

ޑރ. ޖަމީލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. މަޖިލީހުން އަމަލުކުރަމުންދަނީ ރަނގަޅަށް ކަމަށް ވިދާޅުވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ރުހުން ދިނުމާއި ނުދިނުމަކީ މަޖިލީހުގެ ބާރެއް، ޗެކް އެންޑް ބެލެންސް ހިނގަނީ އެހެން: ޖަމީލް

28 ޖަނަވަރީ 2024 - 12:26 1

Advertisement

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާއި ނުދިނުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި ކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނު ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

މިއަދު ދިމާވެގެން އުޅޭ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ 22 މެމްބަރުންގެ ތެރެއިން ހަތަރު ވަޒީރަކަށް ނުވަތަ ފަސް ވަޒީރަކަށް ރުހުން ނުދޭނެ ކަމަށް މަޖިލީހުގައި އަގުލަބިއްޔަތު އޮތް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ބުނުމެވެ.

Advertisement

އެއާއެކު, ސަރުކާރުގެ ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއި އަދި އެހެނިހެން އިސްވެރިން އަންނަނީ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

"މަޖިލީހުން ރުހުން ދިނުމާއި ނުދިނުމަކީ މަޖިލީހުގެ ބާރެއް. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެެއްގެ ސިފަތައް އެއީ. ޗެކް އެންޑް ބެލެންސް ހިނގާ ގޮތް އެއީ. މަޖިލިސް އަމަލުުކުރަނީ ދުސްތޫރީ ގޮތުން ރަނގަޅަށް. ނޭނގިގެން އުޅެނީ މިއަދު ސަރުކާރަށް," ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުالله ވަނީ ރުހުން ނުދިނުމަކީ ސަރުކާރު ހުއްޓުވުން ކަމަށް ސިފަކޮށްފަ އެވެ. އެކަމަށް ވެސް ޑރ. ޖަމީލް ވަނީ ރައްދު ދެއްވާފަ އެވެ.

Advertisement

"ދަސްކުރަންވީ އަހުލާގު. ސަރުކާރުގައި ތިޔަ ތިއްބެވީ. މުޒާހަރާކޮށް އަދި ގާނޫނާއި ހިލާފުވެގެން ނުވާނެ. އަމުދުން ސަރުކާރުގެ އިސްވެރިން ވާންޖެހޭނީ ކިޔަމަންތެރި ބަޔަކަށް. އިދިކޮޅުގައި ތިބޭ ގޮތަށް އުޅުމަކީ ޒިންމާދާރު ކަމެއް ނޫން," ސަރުކާރުގެ ވެރިން ނުކުމެ މަޖިލިސް ކައިރި ކުރަމުންދާ މުޒާހަރާއަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވި އެވެ.

ވަޒީރުން އައްޔަނު ކުރުމާއި ރުހުން ދިނުމުގެ ކަންކަން ބަޔާންކޮށްފައި ވަނީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައި އޮތީ ވަޒީރުންނަށް ރުހުން ނުދޭ ހާލަތްތަކުގައި ވެސް ހުއްޓުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތަށެވެ.

ރުހުން ދިނުމަށް ވޯޓަށް އެހުމަށް 01:30 ގައި ނިންމި ނަމަވެސް ސަރުކާރަށް ތާއިދުކުރާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި މަޖިލިސްގެ ނިޒާމު އޮތީ ގެއްލިފަ އެވެ. އަދިވެސް, ޖަލްސާ ނުފެށެ އެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު މުހައްމަދު އުޝާމް އަށެވެ. ޑިމޮކްރެޓްސްގެ ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި މިނިސްޓަރު ސައީދުގެ ނަމެއް ނެތެވެ. ނަމަވެސް އެ ޕާޓީން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދޭން ވަނީ ނިންމައިފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ާއަރިޝް މީހާ

about 1 year ago

\މިބޭފުޅާ ލަދެއްނުގަނޭތަ ސިޔާސީ ގޮތުން ތިންފައްވެ ރައްޔިތުން ބަލައި ނުގަތީމަ ޤްއުމުގައި ފިތުނަ އުފައްދަން؟؟؟ މިބޭފުޅާޔައް ދައުލަތުން އެއްވެސް އިނާޔަތެއް ދޭނަމަ މިވަގުތުން މިވަގުތައް ހުއްޓާލަން ގޮވާލަން!!! ރައްޔިތުންގެ ފައިސާއިން ލާރިހޯދައިގެން މިޤައުމުގައި ހަލަބޮލިކަން އުފައްދާ، ފިތުނަ ފަސާދަ އުފެއްދުމަކީ ބަލާގަނެވޭނެ ކަމެއްނޫން! މިކަން ހަރު އަޑުން ކުއްވެރި ކުރަން، މިކަންނުހުއްޓުވާނަމަ ރައްޔިތުން ނުކުމެ ހުއްޓުވަން ޖެހިދާނެ!! ވަރަށް ސަލާމް