28 ޖަނަވަރީ 2024 - 09:06 0
ސާއިފް ޝިޔާދު
28 ޖަނަވަރީ 2024 - 09:06 0
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ހާމަކުރުމުން ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން މަޖިލިސް ކައިރީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށްވާއިރު ވޯޓަށް އެހުން ތާވަލުކުރީ މެންދުރު 01:30 އަށެވެ. އެ ޖަލްސާ ވެސް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ހުއްޓުވާފައިވާއިރު ވަޒީރުންގެ ދިފާއުގައި މުޒާހަރާއެއް ވަނީ ފަށާފަ އެވެ.
ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން އަދި އެ ސަރަހައްދުގައި ހުރި "އަދަދު" ގެ ރިޕޯޓަރު މައުލޫމާތު ދިން ގޮތުގައި އެ މުޒާހަރާގައި ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. އަދި ބައެއް އާންމުން ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މި ސަރުކާރުގެ އެންމެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުالله ވަނީ ރުހުން ނުދިނުމަކީ ސަރުކާރު ހުއްޓުވުން ކަމަށް ސިފަކޮށްފަ އެވެ. އަދި, އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އޭގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރު ސައީދަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.
"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment