Advertisement

ރާއްޖެ އަންނަ ޗައިނާގެ ރިސާޗު އުޅަނދު "ސިއްރުން" ދަތުރުކުރަނިކޮށް އިންޑޮނީޝިއާގެ ކޯސްޓު ގާޑުން ހުއްޓުވައިފި

28 ޖަނަވަރީ 2024 - 08:27 1

އަހުމަދު އާއިދު

އ

Advertisement

ރާއްޖެއަށް ދަތުރު ކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު "XIANG YANG HONG 03": މި އުޅަނދަކީ ސަވައިލެންސްގެ ގާބިލިއްޔަތު ލިބިފައިވާ އަސްކަރީ ބޭނުންތަކަށް ވެސް ބޭނުންކުރެވޭ އުޅަނދެއް ---

ރާއްޖެ އަންނަ ޗައިނާގެ ރިސާޗު އުޅަނދު "ސިއްރުން" ދަތުރުކުރަނިކޮށް އިންޑޮނީޝިއާގެ ކޯސްޓު ގާޑުން ހުއްޓުވައިފި

28 ޖަނަވަރީ 2024 - 08:27 1

Advertisement

Advertisement

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ ރިސާޗު އުޅަނދު، އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދުގައި އޮޓޮމޭޓެޑް އިންފޮމޭޝަން ސިސްޓަމް (އޭއައިއެސް) ނުވަތަ ޓްރާންސްޕޮންޑާ ނިއްވާލާ ސިއްރުން ދަތުރުކުރަނިކޮށް އެ ގައުމުގެ ކޯސްޓު ގާޑުން ހިފަހައްޓައިފި އެވެ.

އެމެރިކާގެ ނޭވަލް އިންސްޓިޓިއުޓުން ރިޕޯޓުކުރާ ގޮތުގައި އިންޑޮނީޝިއާގެ ކޯސްޓުގާޑުގެ އުޅަނދަކުން ޗައިނާގެ "XIANG YANG HONG 03" ހުއްޓުވީ މި މަހުގެ 11 ގައި އެ ގައުމުގެ ސުންދާ ސްޓްރެއިޓް ކައިރިންނެވެ.

Advertisement

ޗައިނާގެ އުޅަނދު ހުއްޓުވުމުން ޓްރާންސްޕޮންޑާ ނިއްވާނުލާ ކަމަށާއި އެ ސިސްޓަމް ހަލާކުވެފައިވާ ކަމަށް ފަޅުވެރިން ބުނި ކަމަށް އިންޑޮނީޝިއާގެ އޮފިސަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ. އިންޑޮނީޝިއާގެ ކޯސްޓުގާޑުން އެ އުޅަނދު ހިފެހެއްޓީ މި މަހުގެ އަށަކާއި 12 އާ ދެމެދު ތިން ފަހަރަކު ޓްރާންސްޕޮންޑާ ނިއްވާލުމުންނެވެ.

ޗައިނާގެ ރިސާޗު އުޅަނދު ޖެނުއަރީ 30، ގައި މާލެ އަންނަނީ

ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" މިހާރު ދަނީ ޖާވާ ކަނޑުން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންނެވެ. އެ އުޅަނދު މާލެއަށް ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 30 ގަ އެވެ.

އޭޝިއާ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލާގައި ޗައިނާގެ އުޅަނދަށް އަރަން އިންޑޮނީޝިއާގެ ސިފައިން މަސައްކަތް ނުކުރި ނަމަވެސް، އެ އުޅަނދު ވަނީ މިހާރު އެ ގައުމުގެ އީއީޒެޑުން ބޭރުކޮށްފަ އެވެ.

Advertisement

ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ގާނޫނު ބުނާގޮތުން އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ "އާކިޕެލިޖިކް ސީ ލޭންސް" އިން ދަތުރުކުރާ ހުރިހާ އުޅަނދެއްގައި މަސައްކަތް ކުރާ އޭއައިއެސް އެއް ހުންނަން ޖެހެ އެވެ. އަދި އެ ސަރަހައްދުގެ ކަނޑުގެ ރިސާޗު ހެދުމަކީ މަނާކަމެކެވެ.

އޭގެ ފަހުން މި މަހުގެ 22 ގައިވެސް އެ އުޅަނދު އޮތް ތަން މެރިން ޓްރެފިކް ޓްރެކް ކުރާ ސައިޓުތަކުން ދެއްކި އެވެ. އޭރު ޖާވާ ކަނޑުން ދަތުކުރަމުންދިޔަ ނަމަވެސް މިހާރު އަނެއްކާވެސް އުޅަނދު އޮތް ތަނެއް ނުދައްކަ އެވެ.

ގާތްގަނޑަކަށް 100 މީޓަރުގެ މި އުޅަނދަކީ ޗައިނާގެ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން (އެސްއޭއޯ) ގެ ފްލީޓަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މި ވަގުތު ޗައިނާގައި އޮތް 4،500 ޓަނުގެ ހަމައެކަނި އުޅަނދެވެ.

ޗައިނާގެ ސާވޭ އުޅަނދެއް ރާއްޖެއަށް ދަތުރު ފެށީ، މި މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ މާ ބައިވަރު ތަފުސީލެއް ދެ ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ.

މި އުޅަނދު ރާއްޖެއަށް ކުރާ ދަތުރާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ އުޅަނދު އަންނަނީ ދިރާސާ ކުރަން ނޫން ކަމަށެވެ. ފޮރިން މިނިސްޓަރީން ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ.

"ޗައިނާގެ ރިސާޗު އުޅަނދު ރާއްޖެ އަންނަނީ ދިރާސާ ކުރާކަށް ނޫން"

ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް. އެކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރަސްމީކޮށް އެދިގެން. ސަރުކާރުން ބުނަނީ އެ ބޯޓުން ދިރާސާގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް.

ފޮރިން މިނިސްޓްރީން ބުނީ އެކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރު ކޮށްދިނުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދިގެން ކަމަށެވެ. ނަމަވެސް އެ ބޯޓުން ރާއްޖޭގެ ސަރަހައްދުގައި ދިރާސާގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށް އޭރު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.