Advertisement

ލުކްމަންގެ ދެ ލަނޑާ އެކު ކެމަރޫން ބަލިކޮށް ނައިޖީރިއާ ކުއާޓާ އަށް

28 ޖަނަވަރީ 2024 - 10:26 0


ލުކްމަންގެ ދެ ލަނޑާ އެކު ކެމަރޫން ބަލިކޮށް ނައިޖީރިއާ ކުއާޓާ އަށް

28 ޖަނަވަރީ 2024 - 10:26 0

އަބިޖާން (ޖެނުއަރީ 28) - އަޑެމޯލާ ލުކްމަން ކާމިޔާބުކުރި ދެ ލަނޑާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެ ވަނަ ބުރުގައި ރޭ ކެމަރޫން އަތުން 2-0 އިން މޮޅުވެ، ނައިޖީރިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޒަމާންވީ ވާދަވެރިއެއް ކަމަށްވާ ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގައި ލޫކްމަން ނައިޖީރިއާ އަށް ލީޑު ހޯދައިދިނީ މެޗުގެ 36 ވަނަ މިނިޓުގަ އެވެ. މި ލަނޑު ޖެހުމަށް ލޫކްމަން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނައިޖީރިއާގެ ފޯވަޑް ވިކްޓާ އޮސީމެން އެވެ.

ނައިޖީރިއާ އަށް ކުއާޓާގެ ޖާގައެއް ކަށަވަރުވީ މެޗުގެ 90 ވަނަ މިނިޓުގައި ލޫކްމަން އެ ޓީމަށް ދެ ވަނަ ގޯލެއް ކާމިޔާބުކޮށްދިނުމުންނެވެ.

މެޗަށް ފަހު ނައިޖީރިއާގެ ކޯޗު ހޯސޭ ޕެސެއިރޯ ބުނީ މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށެވެ.

"ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް ނައިޖީރިއާ އިން ވަރަށް މޮޅަށް ކުޅުނު. މިއީ ނައިޖީރިއާ އަށް ހައްގު މޮޅެއް،" ޕެސެއިރޯ ބުންޏެވެ.

ކެމަރޫންގެ ކޯޗު ރިގޮބާޓް ސޮންގް ބުނީ ކެމަރޫންގެ ޓީމަށް ކުރި ނުލިބުނީ އެ ޓީމުގެ ތަޖުރިބާ މަދުވުމުން ކަމަށެވެ.

"ވަރަށް ޒުވާން ކުޅުންތެރިން ކެމަރޫންގެ ޓީމުގައި ތިބީ. މި ފެންވަރުގައި އެ ކުޅުންތެރިން އެ ދަނީ ތަޖުރިބާ ހޯދަމުން. މި ކަހަލަ މެޗުތަކުން ތަޖުރިބާ ހޯދައި، އެ ކުޅުންތެރިން ކުރިއަށް އޮތް ތަނުގައި ކުރިއެރުން ހޯދާނެ،" ސޮންގް ބުންޏެވެ.

އައިވަރީ ކޯސްޓްގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާގައި ނައިޖީރިއާއާ ދެކޮޅަށް ނުކުންނާނީ އެންގޯލާ އެވެ.

މުބާރާތުގެ ގަދަ 16ގައި ރޭ ނަމީބިއާ އަތުން އެންގޯލާ މޮޅުވީ 3-0 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެންގޯލާގެ ގެލްސަން ޑާލާ ދެ ލަނޑު ޖެހިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ފޯވަޑް މަބުލޫލޫވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.