Advertisement

ބީއެމްއެލްއިން ވަކިކުރި ދެ މެމްބަރަކު އަލުން ބޯޑަށް އައްޔަންކޮށްފި

27 ޖަނަވަރީ 2024 - 07:39 3

އަމަން ހަލީމް

އ

Advertisement

ބީއެމްއެލްގެ ބޯޑުން ވަކިކުރި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހަސަން: މައުލޫމާތު ލިބެނީ މި ދެ ޑިރެކްޓަރުން އަލުން އައްޔަންކުރި ކަމަށް -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްއިން ވަކިކުރި ދެ މެމްބަރަކު އަލުން ބޯޑަށް އައްޔަންކޮށްފި

27 ޖަނަވަރީ 2024 - 07:39 3

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް ބޯޑު މެމްބަރުން ވަކިކުރި ނިންމުން ބަދަލުކޮށް، އޭގެ ތެރެއިން ދެ މީހަކު އަލުން ބޯޑަށް އައްޔަންކުރަން ސަރުކާރުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ ބީއެމްއެލްގެ ޗެއާމަން ޔޫޝައު ސައީދު ހިމެނޭހެން ބޭންކުގެ ބޯޑުން ފަސް މެމްބަރަކު ވަކިކޮށްފަ އެވެ. މިއާ ގުޅިގެން ބީއެމްއެލްގެ ބޯޑުގެ ގާނޫނީ އަދަދު ގެއްލި އެއްވެސް ނިންމުމެއް ނުނިންމޭ ހާލަތަށް ބޭންކުގެ ކަންކަން ދިޔަ އެވެ.

Advertisement

ބީއެމްއެލްގެ ބޯޑުން އެ ފަސް މެމްބަރުން ވަކިކުރުމުން ބޯޑުގައި ބާކީ ތިބީ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީންގެ އިތުރުން އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑުގައި ތިބި މެމްބަރުން ހިމެނޭހެން ފަސް މެމްބަރުންނެވެ. ބޭންކުގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކުއްލި ހާލަތެއްގައި މެނުވީ އަޅާ ފިޔަވަޅެއް އެޅޭނީ ބޯޑުގައި އަށް ޑިރެކްޓަރުން ތިބެގެންނެވެ.

ބީއެމްއެލް ބޯޑުގައި ތިބި ނޮން-އެގްޒެކެޓިވް މެމްބަރުން ވަކިކޮށްފި

ވަކިނުކުރަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީން. ބީއެމްއެލްގެ އަސާސީ ގަވާއިދުގެ 58 ވަނަ މާއްދާގެ ދަށުން ބޯޑުގެ މަސައްކަތްތަައް މި މެމްބަރުން ވަކިކުރުމާ އެކު ހުއްޓޭނެ.

ބީއެމްއެލް ބޯޑުގައި ތިބި ނޮން-އެގްޒެކެޓިވް މެމްބަރުން ވަކިކޮށްފި

ވަކިނުކުރަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީން. ބީއެމްއެލްގެ އަސާސީ ގަވާއިދުގެ 58 ވަނަ މާއްދާގެ ދަށުން ބޯޑުގެ މަސައްކަތްތަައް މި މެމްބަރުން ވަކިކުރުމާ އެކު ހުއްޓޭނެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލުން ބޯޑަށް އައްޔަންކުރަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ. އެ ދެ ބޭފުޅުންނާ އެކީ މިހާރު ބޯޑުގައި ތިބީ ހަތް މެމްބަރުންނެވެ.

Advertisement

ބޭންކުގެ ގަވާއިދުގައި ބުނާ އަށް މެމްބަރުން ހަމަކުރަން ސަރުކާރުން ވަނީ ބޭންކުގެ ޗެއާމަނަކަށް ހުރި ޔޫޝައު ސައީދުއަށް ވެސް އަލުން އެ މަގާމު ހުށަހަޅާފަ އެވެ. އެކަމަކު އޭނާ އަދި އެކަމަށް އިންކާރުކުރަމުން އަންނަ ކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރުން މައުލޫމާތު ދިނެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުގެ ބަހެއް ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ނުލިބެ އެވެ. މިކަމުގެ މައުލޫމާތު ހޯދަން ޕީސީބީގެ ރައީސް ހަމްދީ އަގީލަށް ތަކުރާރުކޮށް ގުޅުމުން ވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ބީއެމްއެލްގެ ކަންކަން މި ހިސާބަށް ދިޔައީ ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރު ލިމިޓު އަންނަ ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމިނިންމުމަށް ބޭންކުން އެއްބާރުލުން ނުދީގެންނެވެ. މިކަން ފެބްރުއަރީން ފެށިގެން ތަންފީޒުކުރެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ސަރުކާރުން އަންނަނީ އެކަން ތަންފީޒުކުރަން ބޭންކަށް ޕްރެޝަރު ކުރަމުންނެވެ.

ސްޓޫޑަންޓުންގެ ޑޮލަރު ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލުއުފެދިއްޖެ

ނަމަވެސް ބީއެމްއެލްއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ތާށިކަން ހައްލުނުވަނީސް ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭ ލިމިޓު މަތިނުކުރެވޭނެ ކަމަށް މައުލޫމާތި ލިބިފައިވެ އެވެ.

ސްޓޫޑަންޓުންގެ ޑޮލަރު ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލުއުފެދިއްޖެ

ނަމަވެސް ބީއެމްއެލްއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ތާށިކަން ހައްލުނުވަނީސް ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭ ލިމިޓު މަތިނުކުރެވޭނެ ކަމަށް މައުލޫމާތި ލިބިފައިވެ އެވެ.

ޑޮލަރު ތާށިކަމުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ކުރިން ވިޔަފާރިތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ވެސް ހުއްޓާލާފަ އެވެ. ބޭންކުން ބުނަނީ އެ ހިދުމަތް ދިނުމާ ނުދިނުން ބިނާވަނީ ބޭންކުގެ ޑޮލަރު ރިޒާވަށް ކަމަށާއި މި ދުވަސްވަރު ޑޮލަރު ލިބުން ތާށިކަމުން ޑޮލަރު އެހީ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ބީއެމްއެލްއަކީ އާންމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. އެ ބޭންކުގައި ސަރުކާރުގެ ހިއްސާއަކީ 62.2 ޕަސެންޓެވެ. އިތުރު 4.1 ޕަސެންޓު ހިއްސާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 32.7 ޕަސެންޓުގެ ހިއްސާދާރުންނަކީ އާންމުންނެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހުނި

about 1 year ago

ކުންފުނިތައްބަލަހައްޓާ' ބޯޑަށްވެސް' ޑިރެކްޓަރުންގެ' ބޯޑުގެކޯރަމްގެއްލުނުކަމެއްވެސްނޭންގޭތޯ' އެންމެންވަކިކޮށްލިއިރު- 2008ގެ ހާލަތަށްއަނެއްކާވެސްބޭންކު' ވައްޓާލަނީތޯ

ބުއްޅަބެ

about 1 year ago

ބަލަ މޮޅެތި ވާހަކަ ނުދައްކާ. ބަސްނާހާކަމަށްވާނަމަ ދެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ. ސަރުކާރުގެ ހިއްސާގައި ދިވެހިރައްޔިތުންގެ ހިދުމަތައްބޭނުންވާ ކަންކަން ކުރެވެންޖެހޭނެ. ނުކޮށްދޭނަމަ ދެންޖެހޭނީ ކުރެވޭ ގޮތެއް ހޯދަންދޯ


ޖެރީ

about 1 year ago

ނައިސް މޫވް ރައީސް މުއީޒު.