25 ޖަނަވަރީ 2024 - 16:18 1
ސާއިފް ޝިޔާދު
ބީއެމްއެލްގެ ބޯޑު މެމްބަރުން އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވަނީ. ބޯޑުގައި މިހާރު ތިއްބަވާނީ ފަސް މެމްބަރުން --- ފޮޓޯ: އަދަދު ފައިލް
25 ޖަނަވަރީ 2024 - 16:18 1
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ ހުރިހާ ނޮން-އެގްޒެކެޓިވް މެމްބަރުން އެ މަގާމުތަކުން ވަކިކޮށްފި އެވެ.
ބީއެމްއެލްގެ ބޯޑު މެމްބަރު ކަމަށް މެއި 30, 2023 ގައި 10 މެމްބަރުން އައްޔަނުކުރިއިރު އޭގެ ތެރެއިން ހަތް މެމްބަރުންނަކީ ސަރުކާރުން އައްޔަނުކުރި ބޭފުޅުންނެވެ. އަދި, އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރީ ތިން މެމްބަރުންނެވެ.
އޭގެ ތެރެއިން ޗެއާމަންގެ މަގާމުގައި ހުންނެވި ޔޫޝައު ސައީދާއި އަބްދުالله ހަސަން އާއި އަބްދުالله ހުސާމް ޝަރީފް ވަކިކުރި ކަމަށް "އަދަދު" އިން ވާނީ ރިޕޯޓު ކޮށްފަ އެވެ.
މިހާރު ޔަގީން ކުރެވިފައިވާ ގޮތުގައި ބޯޑުގައި ސަރުކާރު ދެން ތަމްސީލުކުރައްވާ އާއިޝަތު ސަޖިނީ, ޖުވައިރިއްޔާ ސައީދު ވެސް ވަނީ ވަކިކޮށްފަ އެވެ.
ވަކިނުކުރަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީނެވެ. ދެން ތިއްބަވާނީ ހިއްސާދާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ތިން މެމްބަރުންނެވެ.
މިކަމާ ގުޅޭގޮތުން ބޭންކްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވެ އެވެ. އަދި, ސަރުކާރުގެ ބަހެއް ވެސް ލިބިފައި ނުވެ އެވެ.
ވަކިކުރި ފަސް މެމްބަރުންނަކީ ވެސް މިދިޔަ ސަރުކާރުން ބޯޑަށް އައްޔަނުކުރި މެމްބަރުންނެވެ. މިވަގުތު ބޯޑުގައި ތިއްބެވީ ފަސް މެމްބަރުންނެވެ.
ބޯޑުގައި ހިމެނޭ މަގާމެއް ހުސްވެފައިވީ ނަމަވެސް ބޯޑުގެ މަސައްކަތް ކުރިއަށްގެންދެވިދާނެ އެވެ. ނަމަވެސް, ޑިރެކްޓަރުންގެ އަދަދު 8 އަށް ވުރެ މަދުވެއްޖެ ނަމަ ނުވަތަ އިންތިހާބުކޮށްފައިވާ ޑިރެކްޓަރުންގެ އަދަދު 2 އަށްވުރެ މަދުވެއްޖެނަމަ ކުއްލި ހާލަތެއްގައި މެނުވީ ނުވަތަ ކުންފުނީގެ އާންމު ޖަލްސާއަކަށް ގޮވާލުމަށްޓަކައި މެނުވީ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ.
މި މާއްދާއަށް ބަލާއިރު ބީއެމްއެލްގެ ބޯޑުގެ މަސައްކަތްތަައް މި މެމްބަރުން ވަކިކުރުމާ އެކު ހުއްޓޭނެ އެވެ. ބޯޑަށް އާ މެމްބަރުން އައްޔަނުކުރުމަށް ހާއްސަ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ ކަމަށްވާ ބޭންކްގެ ތިން ޑިރެކްޓަރަކު މަގާމުން ވަކިކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު ފެބްރުއަރީން ފެށިގެން މަތި ކުރުމަށް ސަރުކާރުން ނިންމާފައިވާ ގޮތަށް ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
ބޭންކަށް ޑޮލަރު ތާށިވެގެން މި މަހުގެ ކުރީކޮޅުން ފެށިގެން ވިޔަފާރިވެރިން ބޭރު ގައުމުތަކަށް ކުރާ ޓީޓީތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ނުލިބެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސަމަނަ
about 1 year ago
ޖުވޭރިޔާ ބޭރު ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް.
Comment