Advertisement

އެމްއައިބީގެ ހިދުމަތްތަކަށް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް ހުށަހެޅޭނެ

26 ޖަނަވަރީ 2024 - 16:45 0

އެމްއައިބީގެ އޮންލައިން ހިދުމަތުގެ އިޝްތިހާރެއް


އެމްއައިބީގެ ހިދުމަތްތަކަށް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް އޮންލައިންކޮށް ހުށަހެޅޭނެ

26 ޖަނަވަރީ 2024 - 16:45 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިދުމަތްތަކަށް މިހާރު ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު އޮންލައިންކޮށް އެދިލެވޭނެ މަގު އެ ބޭންކުން ފަހިކޮށްދީފި އެވެ.

އެގޮތުން އެޕްލައި ނައު ޕޯރޓަލް މެދުވެރިކޮށް ބޭންކުގެ އެކައުންޓް ވަގުތުން ހުޅުވައި، އަދި އިންޓަނެޓް ބޭންކިންއަށް މިހާރު ރެޖިސްޓްރީ ކުރެވޭނެ އެވެ.

އޭގެ އިތުރުން, އެ ބޭންކުގެ ކޮންމެ ބްރާންޗަކުން ނުވަތަ ސާވިސް ސެންޓަރަކުން އިންސްޓަންޓް ބޭންކިން ކިޓެއް ވެސް މިހާރު ނަގާލެވޭނެ އެވެ. އަދި އިންސްޓަންޓް ބޭންކިން ކިޓްގައި ހިމެނޭ އިންސްޓަންޓް ވިސާ ޑެބިޓް ކާޑުގެ ކިއުއާރު ކޯޑް ސްކޭން ކޮށްގެން ވަގުތުން ކާޑު އެކައުންޓަށް ލިންކް ކުރެވޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.

ހަމައެހެންމެ, ފައިނޭންސިން ފެސިލިޓީތަކަށް އެދިލައްވާ ކަސްޓަމަރުންނަށް ހިދުމަތް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އުޖާލާ ނައު ޕޯޓަލް މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފުކޮށްފައިވާ ކަމަށް އެމްއައިބީން ބުނެ އެވެ.

އެ ބޭންކުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލް ކޮށްފައި ވާއިރު، އެ ހިދުމަތްތަކަށް އަދި އިތުރު ފުރިހަމަކަން ކުރިޔަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމުގެ ޔަގީންކަން އެމްއައިބީން ދެ އެވެ.