Advertisement

މިސްކިތް އަޅަން ޑިއުޓީ މާފުކޮށްގެން އެތެރެކުރާ ތަކެތި ބޭނުންކުރާ ގޮތް މޮނިޓާ ކުރާނެ: ޝަހީމް

25 ޖަނަވަރީ 2024 - 16:34 1

ނިމާ ހަސަން

ނިމާ ހަސަން

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު; މިސްކިތް އަޅަން ޑިއުޓީ ނުލާ ގެންނަ ތަކެތި ބޭނުން ކުރާ ގޮތް މޮނިޓާ ކުރާނެ ކަމަށް ވިދާޅުވޭ -- ފޮޓޯ: އިޔާން/ އަދަދު


މިސްކިތް އަޅަން ޑިއުޓީ މާފުކޮށްގެން އެތެރެކުރާ ތަކެތި ބޭނުންކުރާ ގޮތް މޮނިޓާ ކުރާނެ: ޝަހީމް

25 ޖަނަވަރީ 2024 - 16:34 1

އާންމު ފަރާތްތަކުން ރާއްޖޭގައި މިސްކިތް އަޅަން, ޑިއުޓީ ނުނަގާ ގޮތަށް ގެންނަ ތަކެތި ބޭނުންކުރަނީ ހަމައެކަނި މިސްކިތުގެ މަސައްކަތަށްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓްރީން މޮނިޓާ ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ފަރާތަކުން, އެމީހެއްގެ އަމިއްލަ ހަރަދުގައި މިސްކިތެއް އަޅާނަމަ, އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު ރާއްޖެ އެތެރެ ކުރުމުގައި ޑިއުޓީއެއް ނުނަގަ އެވެ.

މިނިސްޓަރު ޝަހީމް މިއަދު "އަދަދު" އަށް ވިދާޅުވީ މިސްކިތް އެޅުމަށް ގެންނަ ތަކެތި ބޭނުންކުރަނީ އެ މަސައްކަތަށް ކަން ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ އައުގާފް ޑިޕާޓްމަންޓުން ބަލާނެ ކަމަށެވެ. އަދި, ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި މިސްކިތް އަޅާ ނިންމަން ޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިގޮތަށް މިސްކިތް އެޅުމަށް ހަވާލުކުރާތާ ހަ މަސް ދުވަސް ތެރޭގައި މިސްކިތުގެ އަމަލީ މަސައްކަތް ފަށަން ޖެހެ އެވެ. އަދި އެ މަސައްކަތް ފަށާތާ 18 މަސް ދުވަސް ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމަން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އަމިއްލަ ފަރާތްތަކުން މިސްކިތް އެޅުމަށް އިއްޔެ ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ލީސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަލީމް ފައުންޑޭޝަންގެ އިތުރުން އެސްޖޭ ކޮންސްޓްރަކްޝަންސް ކުންފުންޏާ އެވެ. އޭގެ އިތުރުން މިއަދު ވަނީ މި ސަރުކާރުގެ ކައުންސިލް މިނިސްޓަރުގެ އާއިލާއާއެކު މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.