Advertisement

ހުޅުމާލެ ފޭސް ދޭއްގައި ބީއެމްއެލް އިސްލާމިކްގެ އޭޓީއެމެއް ހުޅުވައިފި

25 ޖަނަވަރީ 2024 - 12:29 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހުޅުމާލެ ފޭސް ދޭއްގައި ބީއެމްއެލް އިސްލާމިކްގެ އޭޓީއެމެއް ހުޅުވައިފި -- ފޮޓޯ: ބީއެމްއެލް


ހުޅުމާލެ ފޭސް ދޭއްގައި ބީއެމްއެލް އިސްލާމިކްގެ އޭޓީއެމެއް ހުޅުވައިފި

25 ޖަނަވަރީ 2024 - 12:29 0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރު އަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައިފި އެވެ.

މި ސެލްފް ސާވިސް އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާ އެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެ އެވެ.

މި އޭޓީއެމް ހުޅުވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އައިޝަތު ނޫރައްދީން ވިދާޅުވީ އެ ބޭންކުގެ ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މިވަގުތު ވެސް ތިން އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރެއް ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކޮށް، ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާކަން ނޫރައްދީން ފާހަގަކުރެއްވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓާ، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.