Advertisement

ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މަސައްކަތް ނިންމާލައިފި

25 ޖަނަވަރީ 2024 - 10:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހޯރަފުށީ ހާފްވޭ ހައުސް -- ފޮޓޯ: އެމްޓީސީސީ


ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މަސައްކަތް ނިންމާލައިފި

25 ޖަނަވަރީ 2024 - 10:31 0

ކުށްކުރާ ކުދިން ބެލުމަށް ހއ. ހޯރަފުށީގައި ގާއިމުކުރި ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. މި މަޝްރޫއުގެ އަގަކީ 6.15 މިލިއަން ރުފިޔާ އެވެ.

މި ހާފްވޭ ހައުސްގެ ބޭނުމަކ،ީ ކުށްތަކުގައި ގެންނަ ކުޑަކުދިންނަށް ބޭނުންވާ ރެހިބިލިޓޭޝަން ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދ،ީ ބޭނުންތެރި ބައެއްގެ ގޮތުގައި އެ ކުދިން އަނބުރާ މުޖުތަމައުއަށް ނެރުމެވެ.

ހޯރަފުށީ ހާފްވޭ ހައުސް ހެދުމުގެ މަސައްކަތް އެމްޓީސީސީމް ފެށީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ހާފްވޭ ހައުސް ގާއިމުކޮށްފައިވަނީ 10،000 އަކަފޫޓުގެ ބިމެއްގަ އެވެ.