Advertisement

ޓީރެކްސްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

25 ޖަނަވަރީ 2024 - 06:23 0

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ޓީރެކްސް އިން ކުޅެފައިވަނީ ރެޕްޓާސްއާ ދެކޮޅަށް.--- ފޮޓޯ: ސިޑިބަރި/ ބާސްކެޓު


ޓީރެކްސްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

25 ޖަނަވަރީ 2024 - 06:23 0

މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ކުޅުނު ހަތަރު ވަނަ މެޗުން ވެސް ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް މޮޅުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ޓީރެކްސް އިން ރޭ ވަނީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އަތުން 87-56 އިން މޮޅުވެފަ އެވެ.

ޓީރެކްސް އިން ވަނީ ފުރަތަމަ މެޗުން، ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އަތުން 137-46 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ރޯޔަލްސް ބާސްކެޓްބޯލް ކްލަބް އަތުން ޓީރެކްސް މޮޅުވީ 105-34 އިންނެވެ. އެ އަށް ފަހު ތިން ވަނަ މެޗުގައި ޓީރެކްސް އިން ވަނީ ކިންގްސް އަތުން 79-61 އިން މޮޅުވެފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި، ޓީރެކްސް އަށް ބާކީ ދެން އޮތީ ރެޑްވިންގްސްއާ ކުޅޭ މެޗެވެ. އެ މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭ ފުރަތަމަ އެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޓީރެކްސް ކުރީގައި އޮތީ 27-11 އިންނެވެ. މި ކުއާޓަރުގައި ޓީރެކްސް އިން މެޗުގެ ކޮންޓްރޯލް ނަގައި، ކުޅެން ފެށި އެވެ.

ކުއާޓަރަކަށް ފަހު ކުއާޓަރެއްގައި ޓީރެކްސްގެ ކުޅުންތެރިންގެ ކޮންފިޑެންސް ލެވަލް މައްޗަށް ޖައްސާލައި ރަނގަޅަށް ޕާފޯމް ކުރަން ފެށި އެވެ.

ރޭގެ މެޗުގައި ޓީރެކްސްގެ ތަރި އަކީ މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އެވެ. ހުވޭ ވަނީ ޖުމްލަ އެކު، 21 ޕޮއިންޓް ހޯދައި، މެޗުގެ އެންމެ ސްކޯ ރަނގަޅު ކުޅުންތެރިންގެ ލިސްޓުން ކުރިހޯދައިފަ އެވެ. މި ފަހަރު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޓީރެކްސް ޓީމުގެ އަހުމަދު ފިރާޝް ވަނީ 18 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން އިސްމާއިލް ވިލްދާން 12 ޕޮއިންޓް ހޯދިއިރު، މުހައްމަދު ސަމޫހު އާއި އަހުމަދު ޒަބީރު (ޒަބީ) ކޮންމެ ކުޅުންތެރިއަކު 11 ޕޮއިންޓް ސްކޯކުރި އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ އޮތީ ސްޓިންގާސް އާއި ރޯޔަލްސް ކުޅޭ މެޗު އެކަންޏެވެ.