Advertisement

މޯލްޑިވިއަން އިން ހޯރަފުށްޓަށް ކުރާ ދަތުރު އިތުރުކުރަނީ، އޭޕްރިލްމަހުން ފެށިގެން ހަފުތާއަކު ހަތަރު ދަތުރު

24 ޖަނަވަރީ 2024 - 22:22 0

ނިމާ ހަސަން

ނިމާ ހަސަން

ހޯރަފުށީ އެއާޕޯޓުގައި ފްލައިޓެއް ޖައްސާފައި; އޭޕްރީލް މަހުން ފެށިގެން އެ އެއާޕޯޓަށް ހަފްތާއަކު ހަތަރު ދުވަހު ދަތުރު ކުރާނެ


މޯލްޑިވިއަން އިން ހޯރަފުށްޓަށް ކުރާ ދަތުރު އިތުރުކުރަނީ، އޭޕްރިލްމަހުން ފެށިގެން ހަފުތާއަކު ހަތަރު ދަތުރު

24 ޖަނަވަރީ 2024 - 22:22 0

އޭޕްރީލް މަހުން ފެށިގެން ހއ. ހޯރަފުއްޓަށް ހަފްތާއަކު ހަތަރު ދުވަހު ދަތުރުކުރަން ތާވަލުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ހޯރަފުށީ އެއާޕޯޓަށް މިހާރު ދަތުރު ކުރަމުން ދަނީ ހަފްތާއަކު ތިން ދުވަހު އެވެެ. އެއީ އާދިއްތަ, ބުދަ އަދި ހުކުރު ދުވަހެވެ. އަންނަ މާޗު މަހުގެ ނިޔަލަށް ދަތުރު ކުރާނީ އެ ތިން ދުވަހު އެވެ.

މޯލްޑިވިއަނުން ބުނީ އޭޕްރީލް އެކަކުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު 26 އާ ހަމައަށް ހޯރަފުށީ އެއާޕޯޓަށް ހަފްތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އާދިއްތަ, އަންގާރަ, ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

ހޯރަފުށީ އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުކުރާ މިންވަރު އިތުރުކޮށްފައިވާއިރު, މިދިޔަ އޮގަސްޓް މަސް ތެރޭގައި އެ އެއާޕޯޓަށް ރޭގަނޑު ދަތުރު ކުރަން ވެސް ފަށާފައިވެ އެވެ.

އޮގަސްޓް މަހު ހޯރަފުށީ އެއާޕޯޓަށް ރޭގަނޑުގެ އުދުހުންތައް ފެށުމާއިއެކު އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފަ އެވެ.