Advertisement

ޝިއުނާ، މަލްޝާ އަދި މަހުޒޫމް އަދިވެސް ސަސްޕެންޝަނުގައި، ސަރުކާރުން ބުނަނީ މައްސަލަ ބަލާ ނުނިމޭ ކަމަށް

24 ޖަނަވަރީ 2024 - 12:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަސްޕެންޑުކުރި ތިން ނައިބު ވަޒީރުން : ޝިއުނާ، މަލްޝާ އަދި މަހުޒޫމް ސަސްޕެންޑުކުރީ މުއްދަތެއްނެތް ގޮތަށް، މުސާރަ ހިނގާނެ -


ޝިއުނާ، މަލްޝާ އަދި މަހުޒޫމް އަދިވެސް ސަސްޕެންޝަނުގައި، ސަރުކާރުން ބުނަނީ މައްސަލަ ބަލާ ނުނިމޭ ކަމަށް

24 ޖަނަވަރީ 2024 - 12:28 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އަދިވެސް ތިބީ ސަސްޕެންޑުކޮށްފައި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، އެ ތިން ނައިބު މިނިސްޓަރުންނާ ގުޅޭ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ހަލީލު ވިދާޅުވީ، އެ ތިން ނައިބު ވަޒީރުން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެ މުއްދަތުގައި އެ ތިން ބޭފުޅުންނަށް ވެސް މުސާރަ ހިނގާނެ ކަމަށެވެ. ސަސްޕެންޑު ކުރުމަށްފަހު ނައިބުން ސޯޝަލް މީޑިއާގައި ކުރަމުންދާ އިތުރު ޕޯސްޓުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ހަލީލު ވިދާޅުވީ، އެކަމާ ރައީސް އޮފީހުގެ ފަރާތުން ބުނާނެ ވަކި އެއްޗެއް ނެތް ކަމަށެވެ.

އެ މައްސަލަ ހޫނުވެ މި ހިނގާ ޖެނުއަރީ 8، ގައި އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ ސަފީރު އިބްރާހީމް ޝަހީބު އެކްސްޓާނަލް މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ. އަދި، އެ ދުވަހު 12:00 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރު ކުރި އެވެ.

އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

މޯދީއަށް މަލާމާތް ކުރުމުން ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރްއެމްގެ ލީޑަރު ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.