Advertisement

އެފްރިކަން ކަޕުން ކެޓުމުން ގާނާ ކޯޗު މަގާމުން ވަކިކޮށްފި

24 ޖަނަވަރީ 2024 - 11:12 0

ކޯޗު ހިއުޓަން: އޭނާ އަށް ވަނީ ގާނާގެ ކޯޗުކަން ގެއްލިފައި.


އެފްރިކަން ކަޕުން ކެޓުމުން ގާނާ ކޯޗު މަގާމުން ވަކިކޮށްފި

24 ޖަނަވަރީ 2024 - 11:12 0

އާކްރާ، ގާނާ (ޖެނުއަރީ 24) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު، ގާނާގެ ކޯޗުގެ މަގާމު ކްރިސް ހިއުޓަން އަށް ގެއްލިއްޖެ އެވެ.

އެފްރިކަން ކަޕްގެ ގްރޫޕް ބީގައި ވާދަކުރި ގާނާ ދިޔައީ ތިން ވަނަ އެވެ. ތިން މެޗުން އެ ޓީމަށް ލިބުނީ ދެ ޕޮއިންޓެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން، ނޮކައުޓަށް ދާން ގާނާ އަށް އޮތް ފުރުސަތު ގެއްލުނީ މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު އެވެ.

ބްރައިޓަން އާއި ނިއުކާސަލް ޔުނައިޓެޑަށް ކުރިން ކޯޗުކޮށްދިން ހިއުޓަން، ގާނާގެ ފުޓްބޯޅަ އަށް ފުރަތަމަ ހިދުމަތް ކުރަން ފެށީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އެކަމަކު، އެ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ފަހު، ގާނާގެ ކޯޗުކަމުން އޮޓޯ އައްޑޯ ވަކިވުމުން، ހިއުޓަން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ގާނާގެ ކޯޗަަކަށް ހަމަޖައްސައިފަ އެވެ.

ގާނާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، އެ ގައުމުގެ ފުޓްބޯޅަ ޓީމު ހިންގުމުގައި ރަނގަޅު ބަދަލުތަކެއް ވަރަށް އަވަހަށް ގެންނާނެ ކަމަށެވެ. އެ ގޮތުން، އާ ކޯޗެއް ހަމަޖެއްސުމުގެ މަޝްވަރާތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެފްރިކާގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ ގާނާ އިން އެންމެ ފަހުން ދެ ފަހަރު ވެސް މުބާރާތުން ވަކިވެފައިމިވަނީ ގްރޫޕް ސްޓޭޖުން ކަޓައިގެންނެވެ.