Advertisement

އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖަނާ އައްޔަންކޮށްފި

24 ޖަނަވަރީ 2024 - 12:12 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ޖަނާ، ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ އާ އެކު މެޑްރިޑްގައި ---


އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖަނާ އައްޔަންކޮށްފި

24 ޖަނަވަރީ 2024 - 12:12 0

އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ޓޫރިޒަމް ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) އައްޔަނުކޮށްފި އެވެ.

ޖަނާ އެ މަގާމަށް އައްޔަނުކުރީ ސްޕެއިންގެ މެޑްރިޑްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލޮލިކަޝްވިލީ އެވެ.

އެ މަގާމަށް އައްޔަނު ކުރުމުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްއަށް ޝުކުރު އަދާކުރައްވައި އެކްސްގައި ޖަނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ އާއި ޔޫއެންޑަބްލިއުޓީއޯ އާއި އެޖަމިއްޔާއިން ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތަށް އޭނާ އަށް ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ޖަނާ ގެންދަވަނީީ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ލަފާ އަރުވަމުންނެވެ.

ޖަނާއަކީ 52 ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ ސޮނެވާ, ފޯ ސީޒަންސް އަދި ޝަންގްރިއްލާ ފަދަ ބްރޭންޑުތަކުގެ މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ހަގީގަތަކަށް ހެދުމުގައި އިސް އޭނާގެ ބައިވެރިވުން ބޮޑެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާ އެކު އޭނާ ވަނީ ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ހަ ދައުރެއްގައި އަދާކުރައްވާފަ އެވެ. އެ މަގާމުގައި މިއަދު ވެސް ހުންނެވީ ޖަނާ އެވެ.