Advertisement

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީއަށް އާއިޝަތު ޝީނާ އިންތިހާބުވެއްޖެ

23 ޖަނަވަރީ 2024 - 21:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީއަށް އާއިޝަތު ޝީނާ އިންތިހާބުވެއްޖެ

23 ޖަނަވަރީ 2024 - 21:19 0

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމަށް އާއިޝަތު ޝީނާ މުހައްމަދު އިންތިހާބުވެވަޑައިގެންފި އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ބޭފުޅަކު އައްޔަން ކުރުމަށް ބޭއްވި ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ ވެސް ޝީނާ އެކަންޏެވެ.

އެ އިންތިހާބުގައި ވޯޓުދިން 36 މީހުންގެ ތެރެއިން އެ މަގާމަށް ޝީނާ އިންތިހާބު ކުރަން ފެންނަ ކަމަށް 24 މީހަކު ވޯޓު ދިނެވެ. ޖުމުލަ 71 މީހުން ވޯޓުލުމަށް ރެޖިސްޓަރީވި އިންތިހާބުގައި 35 މީހުން ވޯޓު ލާފައެއް ނުވެ އެވެ.

ސުއޫދު އެންޑް އަންވަރު އެލްއެލްޕީން ގާނޫނީ ކެރިއަރު ފެށްޓެވި ހ. ދޮންއަންނާރުގޭ، އާއިޝަތު ޝީނާ މުހައްމަދު އަކީ ގާނޫނީ ދާއިރާއިން ސްރީލަންކާގެ ޔުނިވާސިޓީ އޮފް ލަންޑަން އިންޓަނޭޝަނަލްއިން ބެޗްލާސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މައިގަނޑު ގޮތެއްގައި ސިވިލް އަދި އެމްޕްލޯއިމެންޓް ދާއިރާގެ މަސައްކަތްތައް މީގެ ކުރިން ކުރައްވާފައިވާ ޝީނާއަކީ މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލް އަންޑަ ސެކްރެޓަރީ އެވެ.

އޭނާއަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލް ވުޖޫދުކުރި ޓްރާންސިޝަނަލް ޖަސްޓިސް ކޮމެޓީގެ މެންބަރުކަން ވެސް 2018 ވަނަ އަހަރާ ހަމައަށް ކުރެއްވި ބޭފުޅެކެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ގޮނޑިއެއް ހުސްވީ، އެ ކޮމެޓީގައި ކުރިން ހުރި، އަލީ އަބްދުލް ލަތީފް ޖޭއެސްސީގެ ގޮނޑިއަކަށް ބަދަލުވެވަޑައިގަތުމުންނެވެ.