Advertisement

އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑްގެ އެހީތެރިކަން އެމްއެންޑީއެފަށް

22 ޖަނަވަރީ 2024 - 21:37 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑްގެ އެހީތެރިކަން އެމްއެންޑީއެފަށް

22 ޖަނަވަރީ 2024 - 21:37 0

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަ ކުރުމަށް އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފްގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްްދެއްވީ ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ އެވެ.

ރާއްޖޭގެ ސިފައިންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.

އެޑްމިރަލް އެކިއުލީނޯ ވަނީ ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވެ އެވެ.

ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި، ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ، އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ރައްކާތެރިކަން ކުރިއެރުވުމަށާއި، ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން ދިނުން އާލާކުރުމާ ބެހޭގޮތުންނެވެ.

ރާއްޖޭގެ ސަރަހައްދުތަކުގައި އަމަން ބެލެހެއްޓުމާއެކު ސިޔާދަތު ދަމަހައްޓަން އެމެރިކާއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން އެޑްމިރަލް އެކިއުލީނޯ ވަނީ ރާއްޖެއަށް ދެއްވާފަ އެވެ.