Advertisement

ތައިލެންޑުގެ ރަސްކަމަށް ފާޑުކީ މީހަކު 50 އަހަރަށް ޖަލަށް

20 ޖަނަވަރީ 2024 - 06:35 1

މޮންގްކޯލް ތިރާކޮޓް


ތައިލެންޑުގެ ރަސްކަމަށް ފާޑުކީ މީހަކު 50 އަހަރަށް ޖަލަށް

20 ޖަނަވަރީ 2024 - 06:35 1

ތައިލެންޑުގެ ރަސްކަމަށް ފާޑުކިޔައި ފޭސްބުކްގައި ލިޔުނު މީހަކު 50 އަހަރަށް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކޮށްފި އެވެ.

ޖަލަށްލީ ޑިމޮކްރަސީ ކުރިއަރުވަން މަސައްކަތްކުރި އެކްޓިވިސްޓެއް ކަމުގައިވާ އުމުރުން 30 އަހަރުގެ މޮންގްކޯލް ތިރާކޮޓް އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލައި ހުކުމްކުރީ އަމިއްލަ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓުތަކާ ގުޅިގެންނެވެ،

ތައިލެންޑުގައި ރަސްގެފާނަށާއި އެ އާއިލާއަށް ބަދުބަސް ބުނުމާއި ފާޑުކިޔުމަކީ ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ކުށެކެވެ. އެގޮތަށް ގާނޫނު ހެދީ ހިޔާލުފާޅުކުރުމާއި ތަފާތު ފިކުރަށް ޖާގަ ދިނުން ހުއްޓުވުމަށް ކަމަށް ވާތީ، އެ ގާނޫނު އުވާލުމަށް ތައިލެންޑުގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

މޮންގްކޯލްގެ މައްޗަށް ތައިލެންޑުގެ އުތުރުގެ އަވަށެއް ކަމުގައިވާ ޗިއާން ރައިގެ ދަށު ކޯޓުން ފުރަތަމަ އިއްވީ 28 އަހަރުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އިސްތިއުނާފު ކުރުމުން، އެޕީލް ކޯޓުގެ މަރުހަލާގައި އިތުރު 11 ދައުވާއެއް ސާބިތުވެ އިއްވި 22 އަހަރުގެ ހުކުމާއެކު، ޖުމުލަ 50 އަހަރަށް ހުކުމް ބަދަލުވި އެވެ.

އެ ހުކުމް ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް، ތައި ލޯޔާސް ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ.

އޮންލައިން ފިހާރައެއް ހުޅުވައިގެން އަންނައުނު ވިއްކަމުން ދިޔަ މޮންގްކޯލްގެ ފުރަތަމަ ހައްޔަރުކުރީ 2021 ވަނަ އަހަރު އެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމަކީ ތައިލެންޑުގެ ރަސްކަމަށް ފާޑުކިޔައިގެން އިއްވި އެންމެ ބޮޑު ހުކުމެވެ. ރަސްކަމަށް ފާޑުކީ ތައިލެންޑުގެ އަންހެނަކު 2021 ވަނަ އަހަރު 43 އަހަރަށް ޖަލަށް ލާފައިވެ އެވެ.