Advertisement

ހޮން ކޮން އެއާލައިނުން މިއަދު ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށަނީ

19 ޖަނަވަރީ 2024 - 15:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޮންކޮން އެއާލައިނުގެ ބޯޓުތަކެއް : އެ އެއާލައިނުން މިއަދު މިއަދު ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ -


ހޮން ކޮން އެއާލައިނުން މިއަދު ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށަނީ

19 ޖަނަވަރީ 2024 - 15:59 0

އެންމެ ގިނައިން ޓޫރިސްޓުން ގެންނަ މާކެޓަކަށް ޗައިނާ ގެންނަން މަސައްކަތް ފަށާފައި ވަނިކޮށް، ހޮންކޮން އެއާލައިންސް އިން ހޮންކޮން އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައި، ފުރަތަމަ ފުލައިޓު މިރޭ ރާއްޖެ އަންނާނެ އެވެ.

ހޮންކޮން އާއި ރާއްޖެއާ ދެމެދު މީގެ ކުރިން ކުރެވުނު ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އެގޮތުން ޑިސެމްބަރު 6، 2021 ގައި ކޮވިޑުގެ އާ ވެރިއަންޓާ ގުޅިގެން ވެސް ހޮންކޮން އިން ވަނީ ރާއްޖެއާ ދެމެދު ދަތުރުކުރުން މަނާކޮށްފަ އެވެ.

މިއަދު ފަށާ ދަތުރުތަކާއެކު ކުރިއަށް އޮތްތަނުގައި ހަފުތާއެއްގެ ތެރޭގައި ރާއްޖެއާއި ހޮންކޮން އާ ދެމެދު ތިން ފުލައިޓު އަޅާނެ އެވެ. އެ ދަތުރުތައް ކުރާނީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހު އެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 39 އެއާލައިނަކުން އެކި މަންޒިލުތަކާ ދެމެދު ސީދާ ދަތުރުތައް ކުރެ އެވެ. ހޮންކޮން އެއާލައިންސް ވެގެންދާނީ ސީދާ ދަތުރުތައް ކުރަން ފަށާ 40 ވަނަ އެއާލައިނަށެވެ. އޭގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަން އިންވެސް ބައިނަލްއަގުވާމީ މަންޒިލުތަކަށް ދަތުރުތައް ކުރެ އެވެ.

ހޮންކޮން އިން ރާއްޖެއަށް އަންނަ ފަތުރުވެރިން ގުނަނީ ޗައިނާގެ ފަތުރުވެރިންގެ ގޮތުގަ އެވެ.

ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ކޮވިޑު ކުރިން އައި ވަރަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 13 ގައި އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ވިދާޅުވެފަ އެވެ.

"[ޑައިރެކްޓް ފްލައިޓުތަކުގެ] ސަބަބުން އަދި އޭގެ އިތުރަށް މާކެޓިން ފުޅާކުރެވިގެން ދާނެ ޗައިނާގެ ޓޫރިސްޓުންނަށް ކޮވިޑުގެ ކުރިން ރާއްޖެއަށް، ރާއްޖޭގެ ނަމްބާ ވަން، އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ ޗައިނާ ކަމަށްވާއިރުގައި އެ އަދަދުގެ ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް، ޗައިނާއިން ޓޫރިސްޓުން ދެ އަހަރު ތެރޭގައި، ގިނަވެގެން ދެ އަހަރުގެ ތެރޭގައި އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ރާއްޖޭއިން ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓު ދެ މިލިއަނުގައި ހުރިއިރު މި މަހުގެ 16 އާ ހަމައަށް ރާއްޖެ އައި ޗައިނާގެ ފަތުރުވެރިންގެ އަދަދު އުޅެނީ 5,821 ގަ އެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ ހަ އިންސައްތަ އެޗެ.