Advertisement

ދުވަސްގަނޑަކަށް ފަހު ޓޫރިސްޓު މާކެޓުތަކުގެ ގަދަ ތިނެއްގައި ހުސް ޔޫރަޕު ގައުމުތައް

18 ޖަނަވަރީ 2024 - 13:28 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ސެލްފީއެއް ނަގަނީ: މި އަހަރުގެ މިހާތަނަށް އެއް ލައްކައާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކޮށްފި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދުވަސްގަނޑަކަށް ފަހު ޓޫރިސްޓު މާކެޓުތަކުގެ ގަދަ ތިނެއްގައި ހުސް ޔޫރަޕު ގައުމުތައް

18 ޖަނަވަރީ 2024 - 13:28 0

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކުގެ ގަދަ ތިނެއްގައި ޒަމާނުއްސުރެން ރާއްޖޭގެ ޓޫރިޒަމުގައި ރަސްކަން ކުރަމުން އަންނަ ޔޫރަޕުގެ ތިން ގައުމެއް ހިމެނިއްޖެ އެވެ.

ޔޫރަޕަށް ނިސްބަތްވާ ތިން ގައުމެއް ޓޫރިޒަމް މާކެޓުތަކުގެ އެންމެ މަތީގައި ހިމެނުނުއިރު، ވޭތުވި އަހަރުތަކުގައި ޓޫރިޒަމް މާކެޓު ޑޮމިނޭޓުކުރަމުން އަންނަނީ އަވައްޓެރި އިންޑިއާ އާއި ކޮވިޑުގެ ކުރިން އެއް ނަމްބަރުގައި އޮތް ޗައިނާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އިހަށް ދުވަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާ، އިޓަލީ، ޔުނައިޓެޑް ކިންގްޑަމް (އިނގިރޭސިވިލާތް) އެވެ.

އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމުތައް (ޖެނުއަރީ 1 - 16)

  1. ރަޝިއާ - 11،778
  2. އިޓަލީ - 11،094
  3. އިނގިރޭސިވިލާތް - 7،672

މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާ، އިޓަލީ، އިންޑިއާއިންނެވެ. 7,633 ޓޫރިސްޓުންނާ އެކު އިންޑިއާ މިހާރު އޮތީ ހަތަރުވަނައިގަ އެވެ. މިދިޔަ އަހަރު އެ ގައުމުން 8،139 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

އިންޑިއާއިން އަންނަ ޓޫރިސްޓުން އަދަދު މިދިޔަ އަހަރަށް ވުރެ މި އަހަރު ދަށް ނަމަވެސް، އެ ގައުމުގައި ރާއްޖެ ބޮއިކޮޓު ކުރަން ގޮވާލައި ފަށާފައިވާ ކެމްޕެއިނުގެ މާ ބޮޑު އަސަރެއް ކުރާ ތަނެއް ނުފެނެ އެވެ. ރާއްޖޭގެ ޓޫރިސްޓު އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން މިފަހުން ކުރި ދިރާސާއަކަށް ފަހު ބުނީ ބޮއިކޮޓް ކެމްޕެއިނުގެ މާ ބޮޑު އަސަރެއް އަދި ނުކުރާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް، އެވަރެޖުކޮށް ދުވާލަކު 6،000 ޓޫރިސްޓުން މަގުން ޖުމްލަ 96،077 ޓޫރިސްޓުން އައިސްފި އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރީ 81،772 ފަތުރުވެރިންނެވެ. މިއީ 10.2 ޕަސެންޓުގެ ކުރިއެރުމެކެވެ.