Advertisement

ޖެނީވާގެ ދާރުލްއާސާރެއް ފަޅާލި އިނގިރޭސި ވިލާތުގެ ދެ ބެއިން ތިން އަހަރަށް ޖަލަށް

18 ޖަނަވަރީ 2024 - 07:40 0

ދާރުލްއާސާރު ފަޅާލި އެއްބަނޑު އެއްބަފާ ދެބެއިންގެ ކަމުގައިވާ ލުއީ އާއި ސްޓެވާޓް


ޖެނީވާގެ ދާރުލްއާސާރެއް ފަޅާލި އިނގިރޭސި ވިލާތުގެ ދެ ބެއިން ތިން އަހަރަށް ޖަލަށް

18 ޖަނަވަރީ 2024 - 07:40 0

ޖެނީވާގެ ދާރުލްއާސާރެއް ފަޅާލައި އެތަނުގައި ހުރި ޗައިނާގެ މިންގް ދަރިކޮޅަށް ނިސްބަތްވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އާސާރުތަކެއް ވަގަށް ނެގި އިނގިރޭސި ވިލާތުގެ ދެ ބެއިން ޖަލަށް ލައިފި އެވެ.

ސްވިޒަލޭންޑާއި އިނގިރޭސި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އެއްބަނޑު އެއްބަފާ ދެ ބެއިން ކަމުގައިވާ ލުއީ އާއި ސްޓެވާޓްގެ މައްޗަށް އުފުލި ދައުވާއަށް އިއުތިރާފު ވުމާއެކު، ކޮންމެ މީހެއްގެ މައްޗަށް އިއްވީ ތިން އަހަރާއި ބައިގެ ޖަލު ހުކުމެކެވެ.

ލުއީ އާއި ސްޓެވާޓް 2019 ވަނަ އަހަރު ޖެނީވާގެ މިއުޒިއަމް އޮފް ފާ އީސްޓަން އާޓްސް އިން ވަގަށް ނަގާފައި ވަނީ، 1368 ވަނަ އަހަރުން ފެށިގެން 1644 ވަނަ އަހަރާ ހަމަޔަށް ޗައިނާގައި ވެރިކަން ކުރި މިންގް ދަރިކޮޅުގެ ދެ ވާސާއި ޖޯޑެކެވެ.

ތިން މިލިއަން ޕައުންޑް (3.8 މިލިއަން ޑޮލަރު) ގެ އެ ތަކެތި ވަގަށް ނަގައިގެން އިނގިރޭސި ވިލާތަށް ގެންގޮސް ވިއްކަން މަސައްކަތް ކުރި އެވެ. އަންޑަކަވާ އޮޕަރޭޝަނެއްގައި އެ ދެބެއިން ހައްޔަރުކޮށް ސްވިޒަލޭންޑުގެ ފުލުހުންނާ ހަވާލުކުރަން ފޮނުވި އެވެ.

ވަގަށް ނެގި އާސާރުތައް ވިއްކުމުގައި ބައިވެރިވި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވެ ހުކުމްކޮށްފަ އެވެ.

އިނގިރޭސި ދެ ބެއިން ވަގަށް ނެގި އާސާރީ އެކަތީގެ ތެރެއިން ވައިން ކަޕެއް އަދި ނުފެނެ އެވެ.