Advertisement

ވްލާހޮވިޗް ތަފާތު ދައްކައި ޔުވެންޓަސް އަށް އިތުބާރު ހޯދައިދީފި

17 ޖަނަވަރީ 2024 - 12:17 0


ވްލާހޮވިޗް ތަފާތު ދައްކައި ޔުވެންޓަސް އަށް އިތުބާރު ހޯދައިދީފި

17 ޖަނަވަރީ 2024 - 12:17 0

ޓިއުރިން (ޖެނުއަރީ 17) - އިޓާލިއަން ލީގުގައި ރޭ ސަސުއޯލޯ ކޮޅަށް ޑޫސާން ވްލާހޮވިޗް ޖެހި ދެ ގޯލާ އެކު، 3-0 އިން މޮޅުވެ، ޔުވެންޓަސް އިން ލީގުގެ ރޭހުގައި މުހިންމު މޮޅެއް ހޯދައިފި އެވެ.

ޔުވެންޓަސް މޮޅުވުމާ އެކު، އިންޓަގެ ލީޑު އެއް ވަނައިގައި ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އިންޓަ އަށް 20 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައިި އޮތް ޔުވެންޓަސް އަށް ވަނީ 20 މެޗުން 49 ޕޮއިންްޓް ލިބިފަ އެވެ.

މެޗުގެ 15 ވަނަ މިނިޓްގައި ޔުވެންޓަސް އިން ލީޑުނެގީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ވްލާހޮވިޗް ޖެހި ގޯލުންއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސް އިން ލީޑުފުޅާކުރީ މެޗުގެ 37 ވަަނަ މިނިޓްގައި ވްލާހޮވިޗް ޖެހި ހިލޭޖެހުމުންނެވެ. އެ ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

އިތުރު ގޯލެއް ޖަހަން, ވްލާހޮވިޗް އާއި އެޑްރިއަން ރަބިއޯ ޖެހި ބޯޅަތައް ކީޕަރު, އަންދްރެއާ ކޮސިލްޖްލީ ވަނީ މަތަކޮށްފަ އެވެ.

ސަސުއޯލޯގެ ޑޮމެނީކޯ ބެރާޑީ ރަނގަޅު އެޓޭކްތަކެއް ކުރި ނަމަވެސް ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ކައިރިން ގޯލެއް ޖެހޭގޮތެއްނުވި އެވެ.

މެޗުގެ ތިން ޕޮއިންޓް ޔުވެންޓަސް އަށް ކަށަވަރުކޮށްދިން ގޯލު ޖެހީ ފުރިހަމަ ވަގުުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ފެޑެރީކޯ ކިއޭސާ އެވެ. ކިއޭސާ މި ލަނޑު ޖެހީ، މެނުއަލް ލޮކަޓެއްލީ ދިން ބޯޅައަކުންނެވެ.