Advertisement

އޭޝިއަން ކަޕް: ފަހު ވަގުތު ސައުދީ އަށް މޮޅެއް

17 ޖަނަވަރީ 2024 - 09:40 0


އޭޝިއަން ކަޕް: ފަހު ވަގުތު ސައުދީ އަށް މޮޅެއް

17 ޖަނަވަރީ 2024 - 09:40 0

ދޯހާ (ޖެނުއަރީ 17) - މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާ އެކު އޭޝިއަން ކަޕްގައި ރޭ އޮމާން އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، ސައުދީ އަރަބިއްޔާ ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

އިޓަލީގެ މަޝްހޫރު ކޯޗު ރޮބާޓޯ މަންޗީނީގެ އިރުޝާދުގެ ދަށުން މި މުބާރާތަށް ނުކުތް ސައުދީ އަށް ގުރޫޕް އެފްގައި ރޭ ކުޅުނު މެޗުގެ ފެށުން ރަނގަޅެއްނުވި އެވެ.

މެޗުގެ 14 ވަނަ މިނިޓުގައި އޮމާނަށް ލިބުނު ޕެނަލްޓީ އަކުން ސަލާހް އަލް ޔަހްޔާއީ ވަނީ އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ސައުދީން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް، އެ ޓީމުގެ މަސައްކަތް ކާމިޔާބުކުރީ މެޗު 78 ވަނަ މިނިޓުގަ އެވެ. ސައުދީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އަލް ނަސްރަށް ކުޅޭ އަބްދުލް ރަހްމާން ގަރީބެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސައުދީގެ ދެ ވަނަ ލަނޑު ޖެހީ ޑިފެންޑަރު އަލީ އަލްބުލޭހީ އެވެ.

ސައުދީ އަކީ މި އަހަރުގެ އޭޝިއަން ކަޕްގެ އެއް ފޭވަރިޓެވެ. ކްލަބު ފުޓްބޯޅަ އަށް ބޮޑު އިންވެސްޓްމަންޓެއްކޮށް، ދުނިޔޭގެ ފެންވަރުގެ ގިނަ ކްލަބުތަކެއް ސައުދީގެ ކްލަބުތަކަށް ވަނީ ގެނެސްފަ އެވެ. މިއީ އޭޝިއަން ކަޕްގައި ސައުދީ އަށް ބޮޑު ސަމާލުކަމެއް ލިބޭ އެއް ސަބަބެވެ.

މެޗަށް ފަހު ސައުދީގެ ކޯޗު މަންޗީނީ ބުނީ ފުރަތަމަ ހާފުގައި ސައުދީ ޓީމުގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ފެނުނު ކަމަށެވެ.

"އެކަމަކު މުބާރާތުގެ ފުރަތަމަ މެޗެއްގައި އެއީ ހަމަ ވެދާނެކަމެއް،" މަންޗީނީ ބުންޏެވެ.

މި ގުރޫޕްގައި ރޭ ކިރްގިސްތާން އަތުން ތައިލެންޑް މޮޅުވީ 2-0 އިންނެވެ.