Advertisement

ފްރާންސުން ޔޫކްރެއިނަށް މިސައިލާއި ގިނަ އަދަދެއްގެ ހަތިޔާރު ދެނީ

17 ޖަނަވަރީ 2024 - 07:36 1

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން


ފްރާންސުން ޔޫކްރެއިނަށް މިސައިލާއި ގިނަ އަދަދެއްގެ ހަތިޔާރު ދެނީ

17 ޖަނަވަރީ 2024 - 07:36 1

ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމަ ދިގު ދެމިގެން ދާއިރު، ޔޫކްރެއިންގެ ވާގިވެރިއެއްކަމުގައިވާ ފްރޭންސްއިން ދުރު ރާސްތާ މިސައިލްތަކެއް އަނެއްކާ ވެސް ފޯރުކޮށް ދިނުމަށް ތައްޔާރުވެއްޖެ އެވެ.

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވިދާޅުވީ ޔޫކްރެއިނަށް ދުރު ރާސްތާގެ 40 މިސައިލާއި ސަތޭކަ ވަރަކަށް ބޮން ފޯރުކޮށް ދޭނެ ކަމަށެވެ.

މެކްރޮން ވިދާޅުވީ ރަޝިއާ މޮޅުވުމަށް ހުޅަނގުން ބޭނުން ނުވާ ކަމަށެވެ. އޭނާ އަންނަ މަހު ޔޫކްރެއިންނަށް ވަޑައިގަންނަވާއިރު، އެ ގައުމާއެކު ހަދާ އާ އެއްބަސްވުމެއް އެ ދަތުރުގައި ހާމަކުރާނެ އެވެ.

"ރަޝިއާ އަށް ކާމިޔާބު ލިބުމުގެ މާނައަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުތިރާމް ނުކުރާކަން ގަބޫލު ކުރުން،" މެކްރޯން ވިދާޅުވި އެވެ.

ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމަ އަށް އަންނަ ފެބްރުއަރީ މަހު ދެ އަހަރު ފުރޭއިރު، ރަޝިއާ އަށް ކާމިޔާބު ލިބުނަ ނުދިނުމަށްޓަކައި މިހާރެކޭ ވެސް އެއްގޮތަށް ހުޅަނގުން ކުރިއަށް އޮތް ތަނުގައި ވެސް ޔޫކްރެއިންނަށް އަސްކަރީ އެހީ ފޯރުކޮށްދޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޔޫކްރެއިންއަށް އެހީ ފޯރުކޮށް ދެނީ ހުޅަނގުގެ އިތުރުން އެމެރިކާއިންނެވެ.