Advertisement

ސީރިއާގައި ތިބި ދިވެހި ފަސް އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނެސްފި

16 ޖަނަވަރީ 2024 - 13:08 1

ސީރިއާއިން ގެނައި އާއިލާގެ ބަޔަކު މެޑިކަލް ޗެކަޕް ހެއްދުމަށް ފަހު ވެހިކަލަށް އަރުވަނީ. -- ފޮޓޯ: އަދަދު ނޫސް


ސީރިއާގައި ތިބި ދިވެހި ފަސް އާއިލާއެއްގެ 21 މީހުން ރާއްޖެ ގެނެސްފި

16 ޖަނަވަރީ 2024 - 13:08 1

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިން، ގެންދިޔަ އާއިލާތަކުގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެއަށް ގެނެސްފި އެވެ.

އެ މީހުން ރާއްޖެ ގެނައީ ޗާޓަރުކުރި އަމިއްލަ މަތިންދާ ބޯޓެއްގައި މިއަދު ހެނދުނު އެވެ. އެ މީހުންގެ ތެރޭގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" ނޫހަށް ވިދާޅުވީ މިއަދު ގެނައި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކުދިންނަކީ ސީރިއާގައި އުފަންވެފައިވާ ކުދިން ކަމަށާއި، އެ ކުދިން ދިވެހި ރަށްވެހިންނަށް ހެދީ ޑީއެންއޭ ޗެކްކުރުމަށް ފަހު ކަމަށެވެ.

ރާއްޖެ ގެނައި 21 މީހުންގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު، އެ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ މަރުކަޒަށް މިއަދުގެ ވަގުތެއްގައި ގެންދާނެ އެވެ. އެމީހުން މުޖުތަމައަށް ދޫކުރާނީ އެ ސެންޓަރުގައި ރިހެބިލިޓޭޓް ކުރުމަށް ފަހުގަ އެވެ.

ސީރިއާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފުރަތަމަ ކުރަން ފެށީ ނިމިދިޔަ ސަރުކާރުންނެވެ.