Advertisement

ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ދަނީ

15 ޖަނަވަރީ 2024 - 17:48 0

މިނިސްޓަރު ސައީދު މިއަދުގެ ރަސްމިއްޔާތުގައި: ޕޭޕަލްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓިވްއާ ވާހަކަ ދެއްކެވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ދަނީ

15 ޖަނަވަރީ 2024 - 17:48 0

ދިވެހި ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ދިޔުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އިގްތިސާދާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ދިޔުމަށް ފަހިވެފައިވާ ކަމަށާއި އެފަދަ ފުރުސަތެއް ދިވެހި ސަރުކާރަށް މީގެ ކުރިން ލިބިފައިނުވާ ކަމަށެވެ.

"މިހާތަނަށް ދިވެހިރާއްޖޭގެ ޓްރޭޑް ވަފުދަކަށް ސަރުކާރުގެ އެމެރިކާއަށް ދިޔުމުގެ ފުރުސަތެއް ހަމަ ގައިމު ވެސް މިހާތަނަށް ދީފައެއް ނެތް. ނަމަވެސް މިހާރު ޑރ. މުއިއްޒުގެ ސަރުކާރަށް ވަނީ އެ ފުރުސަތު ލިބިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވްއާ އޭނާ މިއަދު ބައްދަލުކޮށްފައިވާ ކަމަށާއި ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވިން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓިވްއާ ދިވެހިރާއްޖޭގައި ބައްދަލު ކުރެވުނު. ރޭގައި އަޅުގަނޑު ކައިރީ ރައީސް ވިދާޅުވީ ޕޭޕަލްގެ ވާހަކަ ދަންނަވާށޭ،" ސައީދު ވިދާޅުވި އެވެ. "ރައީސްގެ ޕްރަޔޯރިޓީއެއްގެ ގޮތުގައި އެ ވާހަކަ ދެންނެވިން."

އެމެރިކާއިން ރާއްޖެއަށް އިމްޕޯޓް ކުރާ މުދާ މިދިޔަ ތިން އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން، 2022 ވަނަ އަހަރު 99 މިލިއަން ޑޮލަރުގެ މުދާ އެމެރިކާއިން ރާއްޖެއަށް އެތެރެ ކުރި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 140 ޕަސެންޓުގެ ކުރިއެރުމެކެވެ. ދިވެހިރާއްޖެއިން 2022 ވަނަ އަހަރު 17 މިލިއަން ޑޮލަރުގެ މުދާ އެމެރިކާއަށް އެކްސްޕޯޓު ކުރި އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 19 ޕަސެންޓުގެ ކުރިއެރުމެކެވެ.