Advertisement

މިސްރު ސަލާމަތްކޮށްދިނީ ސަލާހް، ގާނާ ފުރަތަމަ މެޗުން ބަލިވެއްޖެ

15 ޖަނަވަރީ 2024 - 14:35 0


މިސްރު ސަލާމަތްކޮށްދިނީ ސަލާހް، ގާނާ ފުރަތަމަ މެޗުން ބަލިވެއްޖެ

15 ޖަނަވަރީ 2024 - 14:35 0

އަބިޖާން، އައިވަރީ ކޯސްޓް (ޖެނުއަރީ 15) - މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ޖެހި ލަނޑާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ރޭ މޮޒަމްބީކާއި މިސްރު ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ގާނާ ވަނީ ކޭޕް ވާޑް އަތުން 2-1 އިން ބަލިވެފަ އެވެ.

އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށް އެފްރިކާ ކަޕް އޮފް ނޭޝަންސްގައި މިސްރު ކުޅުނު ފުރަތަމަ މެޗުގައި މޮޒްމަބީކް އަތުން 2-1 އިން ބަލިވަނިކޮށް، އެ ޓީމު ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ސަލާހް ޖެހި ލަނޑުންނެވެ.

މި މެޗުގެ ދެ ވަނަ މިނިޓުގައި މިސްރުން ލީޑު ނެގީ މުސްތަފާ މުހައްމަދު ޖެހި ލަނޑުންނެވެ. އެކަމަކު، މެޗުގެ ދެ ވަނަ ހާފުގައި މޮޒަމްބީކްގެ ވިޓީ އާއި ސްލޭސިކއޯ ބައުކޭ ޖެހި ދެ ލަނޑާ އެކު، އެ ޓީމުން ލީޑު ހޯދިއެވެ.

މެޗުގެ އިތުރު ވަގުތުގައި ސަލާހް ލަނޑު ޖެހީ މިސްރަށް ލިބުނު ޕެނަލްޓީ އަކުންނެވެ.

މެޗަށް ފަހު މޮޒަމްބީކްގެ ކޯޗު ޗިކީނިއޯ ކޮންޑޭ ބުނީ މެޗުން މޮޅުނުވެވުނީ ނަސީބު ނެތުމުން ކަމަށާއި މިއީ މޮޒަމްބީކަށް މޮޅެއް ހައްގު މެޗެއް ކަމަށެވެ.

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭޕް ވާޑް އިން ލީޑު ނެގީ 17 ވަނަ މިނިޓުގައި ޖަމީރޯ މޮންޓެއިރޯ ޖެހި ލަނޑުންނެވެ. މެޗުގެ 56 ވަނަ މިނިޓުގައި ގާނާގެ އެލެކްޒަންޑާ ޖިކޫ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، ކޭޕް ވާޑް މެޗުން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ގެރީ ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ.

މި މުބާރާތުގައި ރޭ ނައިޖީރިއާ އާއި އީކުއެޓޯޜިއަލް ގިނީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ 36 ވަނަ މިނިޓުގައި އީކުއެޓޯރިއަލް ގިނީގެ އައިވަން ސަލްވަޑޯ ލަނޑެއް ޖަހައި ލީޑު ހޯދި ނަމަވެސް، ނައިޖީރިއާ އިން މެޗުގެ ނަތީޖާ ހަމަހަކުރީ 38 ވަނަ މިނިޓުގައި ވިކްޓާ އޮޝިމެން ޖެހި ލަނޑުންނެވެ.