Advertisement

މިދިޔަ މަހުގެ ވިއްސާރައިން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ބަހަނީ

15 ޖަނަވަރީ 2024 - 13:47 0

ނިމާ ހަސަން

ނިމާ ހަސަން

ޑިސެމްބަރު 31ގައި މާލެއަށް ކުރި ވިއްސާރަ; އެ މަހު ކުރި ވިއްސާރައިގެ ބަދަލުގެ ގޮތުގައި 9 ރަށަކަށް 4 ލައްކަ ރުފިޔާ ދޭން ވަނީ ނިންމާފައި -- ފޮޓޯ: އިޔާން/ އަދަދު


މިދިޔަ މަހުގެ ވިއްސާރައިން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ބަހަނީ

15 ޖަނަވަރީ 2024 - 13:47 0

ނިމިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ނުވަ ރަށެއްގެ 90 ގެއަކަށް ހަތަރު ލައްކަ ރުފިޔާ ބަހަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފި އެވެ.

ޑިސެމްބަރު މަހުގެ ވިއްސާރާގައި ގެއްލުން ލިބުނު ނުވަ ރަށުގެ ތެރޭގައި ހިމެނެނީ ބ. ގޮއިދޫ, ލ. ގަން, ލ. މާމެންދޫ, ޅ. ހިންނަވަރުގެ އިތުރުން ސ. މަރަދޫ, ސ. ފޭދޫ, ޏ. ފުވައްމުލައް، ކ. ގުރައިދޫ، ކ. ހިންމަފުއްޓެވެ. މި ރަށްތަކުން ޖުމްލަ 103 ގެއެއްގެ އެސެސްމަންޓް ހަދާފައިވެ އެވެ.

"ކާރިސާތަކުގައި އިންސާނީ އެހީދިނުމަށް އަމަލު ކުރާ މިންގަނޑުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނީ ޖުމްލަ 90 ގެއަށް" އެންޑީއެމްއޭއިން ބުންޏެވެ.

ކާރިސާތަކުގައި އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ދަށުން އެންޑީއެމްއޭއިން އެސެސްމަންޓް ހެދިއިރު ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1.6 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ދެއްކީ އެވެ. ނަމަވެސް އެހީގެ ގޮތުގައި ދެނީ 474,349ރ. އެވެ. އެއީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގުގެ 20 ޕަސަންޓުގެ ގޮތުގައި 291,824ރ. އަދި ސްޓްރަކްޗަރަލް ގެއްލުން ލިބުނު 21 ގެއަކަށް 182,525ރ. އެވެ.

އެންޑީއެމްއޭއިން މި މަހު ކުރީކޮޅު، ޑިސެމްބަރުގައި މާލެ ސިޓީއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 70 ގޭބިސީއަކަށް އެހީގެ ގޮތުގައި ޖުމުލަ 457،242ރ. ބެހި އެވެ.