Advertisement

ވެލާނާ އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވަނީ

15 ޖަނަވަރީ 2024 - 11:58 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވީއައިއޭގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް، މި ތަން މިއަދު ހުޅުވުމަށް ވަނީ ނިންމާފައި ----


ވެލާނާ އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވަނީ

15 ޖަނަވަރީ 2024 - 11:58 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލްގެ މަސައްކަތް ނިންމައި މިއަދު އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ވީއައިއޭ ތަރައްގީކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން ތަރައްގީކުރި އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްއަކީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އާ ޓާމިނަލުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ކާގޯ ޓާމިނަލް ހުޅުވުމަށް މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އާ ޓާމިނަލް ހުޅުވައިދެއްވާނީ އެމަނިކުފާނެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އެ ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލް އިން އަންދާޒާ ކުރެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި އާ ކާގޯ ޓާމިނަލުގެ އިތުރުން އާ ރަންވޭގެ މަސައްކަތާއި، ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެ އެވެ. އާ ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ.