Advertisement

މިދިޔަ އަހަރު 2،426 ކައިވެނި، އެންމެ ކައިވެނި ގިނައީ ސްކޫލް ބަންދު ދުވަސްވަރު

15 ޖަނަވަރީ 2024 - 11:39 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


މިދިޔަ އަހަރު 2،426 ކައިވެނި، އެންމެ ކައިވެނި ގިނައީ ސްކޫލް ބަންދު ދުވަސްވަރު

15 ޖަނަވަރީ 2024 - 11:39 0

ނިމިދިޔަ 2023 ވަނަ އަހަރު މާލެ ސަރަހައްދުގައި ޖުމުލަ 2،426 ކައިވެނި އަދި 1،280 ވަރި ކޮށްފައިވާކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރު ކައިވެނި އެންމެ ގިނައީ ނިމިދިޔަ ޑިސެމްބަރު މަހުގަ އެވެ. އެ މަހުގައި 306 ކައިވެނި ކޮށްދީފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ކައިވެނި ކޮށްދީފައިވަނީ ޖުލައި މަހުގަ އެވެ.

އެގޮތުން ކައިވެނި އެންމެ ގިނަވެފައިވަނީ ސްކޫލު ބަންދު މަސްތަކުގައި ކަން ފާހަގަކުރެވެ އެވެ.

2023ގެ އެންމެ ވަރި ގިނަ މަހުގެ ގޮތުގައި ފާހަގަކުރެވެނީ އޮކްޓޯބަރު މަހެވެ.

2023ގެ ކައިވެނީގެ ތަފާސްހިސާބު

  • ޖެނުއަރީ: ކައިވެނި - 195 ވަރި - 127
  • ފެބްރުއަރީ: ކައިވެނި -178 ވަރި - 98
  • މާޗް: ކައިވެނި - 245 ވަރި - 115
  • އޭޕްރީލް: ކައިވެނި - 114 ވަރި - 76
  • މެއި: ކައިވެނި - 185 ވަރި - 132
  • ޖޫން: ކައިވެނި - 254 ވަރި - 79
  • ޖުލައި: ކައިވެނި - 281 ވަރި - 55
  • އޮގަސްޓް: ކައިވެނި - 171 ވަރި - 132
  • ސެޕްޓެމްބަރު: ކައިވެނި - 131 ވަރި - 97
  • އޮކްޓޫބަރު: ކައިވެނި - 191 ވަރި - 139
  • ނޮވެމްބަރު: ކައިވެނި - 175 ވަރި - 132
  • ޑިސެމްބަރު: ކައިވެނި 306 ވަރި - 98

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ފެމިލީ ކޯޓުން 173 މައްސަލައެއް ނިންމާފައި ވާއިރު، އޭގެ ތެރޭގައި ވަރީގެ 120 މައްސަލައެއް ހިމެނެ އެވެ. އަދި އެ ކޯޓުން ވަނީ ހަރަދުގެ 19 މައްސަލައެއް އަދި އާއިލީ އެހެނިހެން ނުވަ މައްސަލައެއް ނިންމާފަ އެވެ. އަދި ކުޑަކުދިންނާއި ގުޅޭ 18 މައްސަލައެއް ވެސް ފެމިލީ ކޯޓުން ވަނީ ޑިސެމްބަރު މަހު ނިންމާފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު ފެމިލީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ ހުރިހާ މައްސަލަތަކަކީ ވެސް އަންހެނުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، ނޮވެމްބަރު މަހު ނުނިމި ހުރި ގެވެށި އަނިޔާގެ އަށް މައްސަލައާއި، ޑިސެމްބަރު މަސް ނިމުނުއިރު، ހަ މައްސަލައެއް ނުނިމި ހުއްޓެވެ. އަދި ހަ މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުން ވަނީ ރައްކާތެރިކަމުގެ އަވަސް އަމުރު ނެރެފަ އެވެ.