Advertisement

ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާއިން މިއަދު އެއްބަސްވި: ސަރުކާރު

14 ޖަނަވަރީ 2024 - 14:09 0

މުހައްމަދު ނަސީމް

މ

Advertisement

އިންޑިއާ ސަފީރު މުނޫ މަހާވަރު ފޮރިން މިނިސްޓްރީއަށް ވެދެވަޑައިގަންނަަވަނީ. ފޮޓޯ:އަތޫފް އާތިފު/އަދަދު

ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާއިން މިއަދު އެއްބަސްވި: ސަރުކާރު

14 ޖަނަވަރީ 2024 - 14:09 0

Advertisement

Advertisement

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ގެންދަން ދެ ސަރުކާރުން މިއަދު ކުރި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އެގައުމުގެ އެހެން ބައެއް ޑިޕްލޮމޭޓުން ފޮރިން މިނިސްޓްރީއަށް ވަޑައިގެން ރާއްޖޭގެ ވަފުދަކާ އެކު ކުރި ދިގު މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އިންޑިއާ ސިފައިން އެގައުމުން އަނބުރާ ގެންދިއުމުގެ މައްސަލަ އަކީ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އޭގެ ތެރެއިން އެއް ކަންތަކެވެ.

Advertisement

އެ މިނިސްޓްރީން ބުނި ގޮތުގައި ދެގައުުގެ ގުޅުން ބަދަހިކުރުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެއްބާރުލުން ދިނުމަށް ވެސް މިއަދުގެ ބައްދަލުުވުމުގައި މަޝްވަރާކުރި އެވެ.

ރާއްޖެ-އިންޑިއާ ކޯ ގްރޫޕްގެ ބައްދަލުވުމެއް ދެން ބާއްވާނީ އިންޑިއާގެ ވެރިރަށް ނުއުދިއްލީގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން ބާލަން ހުށަހަޅައިފި

"މީގެ އެންމެ މުހިންމު ނުކުތާއަކީ، ފާހަގަ ކުރަންޖެހޭ ކަމަކީ އިންޑިއާ ސިފައިންނަކަށް މި ގައުމަކު ނުތިބެވޭނެ. އެއީ މި ސަރުކާރުގެ ސިޔާސަތަކީ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ، ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ."

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ކުރިއަށްދާ ބައްދަލުވުމަށް ރައީސްގެ ފަރާތުން ހުށަހެޅުއްވީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަށް ކަމަށެވެ.

ރާއްޖެ-އިންޑިއާ ބޮޑު ބައްދަލުވުމެއް ފޮރިން މިނިސްޓްރީގައި

އިންޑިއާގެ ސީނިއާ ވަފުދެއް ފޮރިން މިނިސްޓަރު ޒަމީރާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއަދުގެ ބައްދަލުވުންތައް ހަވީރާ ހަމައަށް ކުރިއަށްދާނެކަން މި ނޫހަށް އެނގިފައިވެ އެވެ.

"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދެގައުމުގެ މެދުގައި މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީ އަދި ރައީސް އޮފީހުގެ ސީނިއާ ބޭފުޅުން ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.