Advertisement

ރާއްޖެ-އިންޑިއާ ބޮޑު ބައްދަލުވުމެއް، ސިފައިން ފޮނުވައިލުމާ ބެހޭ މަަޝްވަރާތައް ހިމެނޭ

14 ޖަނަވަރީ 2024 - 05:52 0

ހަސަން މުހައްމަދު

ހ

Advertisement

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު: މިއަދު ހަވީރާ ހަމައަށް ބައްދަލުވުންތައް ކުރިއަށްދާނެ -- ފޮޓޯ: އަދަދު ފައިލް


ރާއްޖެ-އިންޑިއާ ބޮޑު ބައްދަލުވުމެއް، ސިފައިން ފޮނުވައިލުމާ ބެހޭ މަަޝްވަރާތައް ހިމެނޭ

14 ޖަނަވަރީ 2024 - 05:52 0

Advertisement

Advertisement

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް ފޮރިން މިނިސްޓްރީއަށް ވަޑައިގެން ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ފަށައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރާއެކު މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވި އެ ގައުމުގެ ވަފުދުގައި ގާތްގަނޑަކަށް ފަސް ބޭފުޅަކު ހިމެނެ އެވެ.

Advertisement

އިންޑިއާގެ ސީނިއާ ވަފުދެއް ފޮރިން މިނިސްޓްރީގެ ސީނިއާ ބައެއް ބޭފުޅުންނާއެކު ބައްދަލު ކުރައްވަން ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީން މި ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ހިމެނިވަޑައިގަންނަވަ އެވެ.

މިއަދުގެ ބައްދަލުވުންތައް ހަވީރާ ހަމައަށް ކުރިއަށްދާނެކަން މި ނޫހަށް އެނގިފައިވެ އެވެ.

ސަފީރު މުނޫ މަހާވަރާއި ސީނިއާ ވަފުދެއް ފޮރިން މިނިސްޓްރީއަށް މިއަދު ވަޑައިގެންފައި މި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޗައިނާއިން ވަޑައިގެން އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި އޮއްވަ އެވެ.

Advertisement

ޗައިނާއިން ވަޑައިގެން ރައީސްގެ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް!

"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ."

ޗައިނާއިން ވަޑައިގެން ރައީސްގެ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް!

"ކުރީގައި، ދާދިފަހުން، ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ."

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް އެ ގައުމުން ރާއްޖެއަށް ގަނާ ކުރުމުގެ ހައްގު ނުލިބޭ ކަމަށެވެ.

"ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ގަނާ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނުލިބޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީއަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނައްތާލުން ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް މުއިއްޒު އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް މިދިޔަ ހަފުތާގައި ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ. ޖެނުއަރީ 7، ގައި ފެށި އެ ދަތުރު ނިންމާލެއްވީ އޭގެ ހަ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހެވެ.