Advertisement

ފަތުވާ މަޖިލިސް ތަރައްގީކުރަން އޯއައިސީއާއެކު އެއްބަސްވުމަކަށް

14 ޖަނަވަރީ 2024 - 18:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަތުވާ މަޖިލިސް ތަރައްގީ ކުރުމަށް އޯއައިސީއާއެކު އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އެއްބަސްވުމެއްގައި ސޮއިކުރައްވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ފަތުވާ މަޖިލިސް ތަރައްގީކުރަން އޯއައިސީއާއެކު އެއްބަސްވުމަކަށް

14 ޖަނަވަރީ 2024 - 18:21 0

ރާއްޖޭގެ ފަތުވާ މަޖިލިސް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ހިންގުމަށް ޓަކައި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީއާއެކު އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ މަގުސަދަކީ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލިސް ތަރައްގީ ކުރުމުގެ އިތުރަށް ފިގުހީ މައްސަލަތަކަށް އިލްމީ ހައްލު ހޯދުމުގައި، އިސްލާމިކް މިނިސްޓްރީއާއި އެ އެކަޑަމީ ގުޅިގެން މަސައްކަތްތަކެއް ކުރުމެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދެވެ. އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް، ޕްރޮފެސަ ޑރ. ގުތުބާ މުސްތަފާ ސާނޫ އެވެ.

އެ އެކަޑަމީއަކީ، އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ އިލްމީ އެންމެ މަތީ މަޖިލީހެވެ. އެ މަޖިލީހުގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ.

މިނިސްޓަރު ޝަހީމް ސައުދީއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ޕްރޮފެސަ ގުތުބާއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ވެސް އަރުވައިފަ އެވެ.