Advertisement

ބިން އަތުލި މައްސަލާގައި ކޮރަލް ބޮލެވާޑުން 6.5 ބިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ކޯޓުން ބަލަނީ

14 ޖަނަވަރީ 2024 - 16:34 0

ކޮރަލް ބޮލެވާޑްއިން މާލޭގައި ގެންދަން އުޅުނު ޕްރޮޖެކްޓްގެ ކޮންސެޕްޓް: މާލޭން ދިން އެ ބިން އަތުލި މައްސަލާގައި ސަރުކާރާ ދެކޮޅަށް ކުރި ދައުވާގެ މައްސަލަ ބަލަން ނިންމައިފި - ފޮޓޯ: ކޮރަލް ބޮލެވާޑް


ބިން އަތުލި މައްސަލާގައި ކޮރަލް ބޮލެވާޑުން 6.5 ބިލިއަން ރުފިޔާ ހޯދަން ކުރި ދައުވާ ކޯޓުން ބަލަނީ

14 ޖަނަވަރީ 2024 - 16:34 0

މާލެ ރަސްފަންނު ކުރިމަތީގައި ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އެޅުމަށް ކޮރަލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު އެހެން ބިމެއް ނުދިން މައްސަލާގައި ސަރުކާރާ ދެކޮޅަށް އެ ކުންފުނިން ކުރި ދައުވާއެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް އެބަ އޮތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ޕްރޮޖެކްޓެކެވެ. ނަމަވެސް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ސިންގަޕޫރު ކުންފުނި، ކޮރަލް ބޮލެވާޑަށް ދީފައިވާ އެ ބިން އަތުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި އެވެ. އެއީ ބަދަލުގައި ހުޅުމާލޭން ބިމެއް ދޭ ގޮތަށެވެ.

ފެބްރުއަރީ 25، 2019 ގައި ސަރުކާރުން ނިންމާފައިވާ ގޮތަށް ހުޅުމާލޭން ބިމެއް ދީފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ 426.8 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ. އެއީ ގާތްގަނޑަކަށް 6.5 ބިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން ދައުވާކޮށްފައިވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި ދިވެހި ދައުލަތުގެ މައްޗަށެވެ.

މިއީ ސިވިލް ކޯޓުގެ އިހުތިސޯސް ލިބިދޭ މައްސަލައެއްތޯ ބެލުމަށް ފަހު، އެ ކޯޓުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީއާއި ދިވެހި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައިވާތީ އެ މިނިސްޓްރީގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.

އެހެންވެ ދައުވާ ތައްޔާރުކޮށް 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ކޯޓުން ކުރި ހުކުމުގައިވެ އެވެ. އެ ގޮތަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ހުކުމުގައިވެ އެވެ.