Advertisement

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ފަށައިފި

14 ޖަނަވަރީ 2024 - 15:58 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފިނޭންސް މިނިސްޓްރީ: ސަރުކާރު ހިއްސާވާ 32 ކުންފުންޏެއް އޮވޭ --- އަދަދު ފައިލް ފޮޓޯ


ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ފަށައިފި

14 ޖަނަވަރީ 2024 - 15:58 1

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކޮށް އާއްމުންނަށް ހިއްސާ ވިއްކާނީ އޭގެން ކޮން ކޮން ކުންފުނިތަކަކުންތޯ ދެނަގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަކީ އެތަންތަން ހިންގުމަށް ދައުލަތުން ހަރަދުކުރަން ނުޖެހޭ އަދި ފައިދާވާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތު ތަކެއް އެކުލަވާލަން ފިނޭންސް މިނިސްޓްރީން ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށެެވެ. އަދި މިނިސްޓްރީން ހުށަހެޅި ކަރުދާހާއެކު އެކަމަށްޓަކައި ސިޔާސަތުތަތަކެއް ތަންފީޒުކުރުން ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

ސަރުކާރު ކުންފުނިތަކާ ގުޅިގެން ހުށަހެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ:

  • ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތިކުރާ އުސޫލު މުރާޖައާ ކޮށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޝައުގުވެރިކަން އިތުރުކުރެވޭނެ ހެން ވަކި ވަކި ކުންފުނިތަކަށް ކީ ޕާފޮމެންސް އިންޑިކޭޓާ ތަކެއް ކަނޑައަޅައި ތަންފީޒު ކުރުން.
  • ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ހިންގާނެ ކުންފުނިތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ހިންގާނެ ކުންފުނިތަކާއި، އައިޕީއޯގެ ދަށުން އާއްމުންނަށް ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަނެ އެކަމަށް ސިޔާސަތުތަކެއް ކަނޑައަޅައި އެކުލަވާލުން.
  • ކުންފުނިތަކުގެ ބެލެނިވެރިކަން ހަރުދަނާކޮށް، ބޯޑާއި ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ކުންފުނިތަކަށް ސަބްސިޑީ ދޭނެ ހާލަތްތަކާއި، ސަބްސިޑީ އާއި ކެޕިޓަލް ދޭ އުސޫލު ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އެޅުން.
  • އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތަކުގެ ހިންގުން މި އަހަރު ތެރޭގައި ހަރުދަނާކޮށް އެ ކުންފުނިތަކަށް ކޭޝްފްލޯ ހޯދާނެ ގޮތްތަކެއް ހޯދައިދިނުން.

ނާޒިމް ވިދާޅުވި ގޮތުގައި ކެބިނެޓުން ނިންމާފައި ވަނީ މި ހުރިހާ ކަމެއްވެސް ކުރިއަށް އޮތް 3 މަސްތެރޭގައި ކުރުމަށެވެ. އަދި މީގެ އިތުރުން ކުންފުނިތަކުގެ ހިންގުން ރަނގަޅުކުރުމަށް އަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާ ހަމަޔަށް މުއްދަތެއް ދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ މުއްދަތާ ހަމަޔަށް ކުންފުނިތަކުގެ ހިންގުމަށް ބަލައި ރަނގަޅަށް ނުހިންގޭ ކުންފުނިތަށް ދެނެގަނެ އެފަދަ ކުންފުނިތައް ރީސްޓްރަކްޗާ ކުރުމާއި މާޖު ކުރުމާއި އުވާލަންޖެހޭ ހާލަތެއް ނަމަ އުވާލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ކެބިނެޓުން ވަނީ ނިންމާފަ އެެވެ.

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ޕްރޮގްރާމަކީ ކުރީ ސަރުކާރުން ކުރިއަށްގެންދަން ރޭވި ޕްރޮގްރާމެކެވެ. އެކަމަށްޓަކައި މިނިސްޓްރީން އެކަމުގެ ދިރާސާތަކެއް ވެސް ކުރި އެވެ. މީގެ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންވެސް ލަފާ ދީފައިވާ ކަމެކެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެ ތަންތަނުގެ ހިންގުމަށް ހަރަދެއްކުރަން ނުޖެހ،ި ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތައް އެކަށައެޅުމަކީ ރައީސް މުއިއްޒުގެ "ހަފްތާ 14" މަގުޗާޓުގައި ވެސް ހިމަނާފައިވާ ކަމެކެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 32 ކުންފުންޏެއްގައި ދިވެހި ދައުލަތުގެ ހިއްސާވެ އެވެ. އޭގެ ތެރެެއިން މާލީ ގޮތުން ބާރުވެފައިވަނީ މަދު ކުންފުންޏެކެވެ،