Advertisement

ޓެޓޫ ޖެހުން އިސްލާމް ދީނުގައި ހަރާމް ކަމަށް ފަތުވާއެއް ނެރެފި

14 ޖަނަވަރީ 2024 - 13:37 0

އަމަން ހަލީމް

އަމަން ހަލީމް

މީހެއްގެ ގަޔަށް ޓެޓޫ ޖަހަނީ: ޖަނަވާރުންނާއި އިންސާނުންގެ ސޫރަ އާއި ލިޔުންތަކަކީ ވެސް ޓެޓޫ ކަމަށް ފަތުވާގައިވޭ -- ފޮޓޯ:އަންސްޕްލޭޝް


ޓެޓޫ ޖެހުން އިސްލާމް ދީނުގައި ހަރާމް ކަމަށް ފަތުވާއެއް ނެރެފި

14 ޖަނަވަރީ 2024 - 13:37 0

ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން މިއަދު ފަތުވާއެއް ނެރެފި އެވެ.

ޓެޓޫ ޖެހުމުގެ ހުކުމް ބަޔާންކޮށް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ މި ހުކުމަށް ވާސިލުވީ އެ މަޖިލީހުގެ މެމްބަރުން ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. މިއީ ފަތުވާ މަޖިލީހުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ ބަސްފުޅުތަކާއި ބުއްދީގެ ހަމަތަކުގެ އަލީގައި ކުރި ދިރާސާއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

"ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަ ނޫނޫން ހަރާމް ކަމެެއް ކަމުގަ އެވެ. އަަދި މިކަމަކީ މާތްﷲ ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީ،" ފަތުވާގައިވެ އެވެ.

މިގޮތުން ހަށިގަނޑުގެ އެއްވެސް ތަނެއްގައި ލިޔުންތަކާއި ދޫންޏާއި ހައިވާނުންގެ ސޫރަ ތަކާއި އިންސާނުންގެ ސޫރަތަކާއި އެ ނޫން ވެސް އެކި ވައްތަރު ވައްތަރުގެ ނިޝާންތަކަކީ ޓެޓޫ ކަން އެ ފަތުވާއިން އިނގެ އެވެ.