Advertisement

އޭޝިއަން ކަޕް: އޮސްޓްރޭލިއާ އިން އިންޑިއާ ބަލިކޮށްފި

13 ޖަނަވަރީ 2024 - 20:01 0

އޭޝިއަން ކަޕްގައި މިއަދު އޮސްޓްރޭލިއާ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


އޭޝިއަން ކަޕް: އޮސްޓްރޭލިއާ އިން އިންޑިއާ ބަލިކޮށްފި

13 ޖަނަވަރީ 2024 - 20:01 0

ދޯހާ، ގަތަރު (ޖެނުއަރީ 13) - ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިއާ އިން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

އޭޝިއަން ކަޕްގެ ޗެމްޕިއަންކަން، 2015 ވަނަ އަހަރު ހޯދި އޮސްޓްރޭލިއާ އިން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާ ބަލިކުރިއިރު، ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި މެޗުގައި އޮސްޓްރޭލިއާގެ ސްކޮޑުގެ ވަރުގަދަކަން ފެނިގެންދިޔަ ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް އާނޯލްޑް ވަނީ ބުނެފަ އެވެ. އެއީ، ބަދަލަކަށް އެރި ކުޅުންތެރިން މެޗުގެ ނަތީޖާ ނެރެން ދެއްކި ނުފޫޒުންނެވެ.

ޖަޕާންގެ އަންހެން ރެފްރީ ޔޮޝީމީ ޔަމަޝީޓާ، އިންސާފުކުރި މި މެޗުގައި، އޮސްޓްރޭލިއާ އިން ފުރަތަމަ ގޯލު ޖެހީ ދެ ވަނަ ހާފް ފެށިގެން ފަސް ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޖެކްސަން އާވިން އެވެ. މިއީ މެޗުގެ 50 ވަނަ މިނިޓްގައި، އިންޑިއާގެ ގޯލްކީޕަރު، ގުރްޕްރީތު ސިންގް ސާންދޫ އަތުގައި ޖެހިފައި އައި ބޯޅައަކުން އޭނާ ޖެހި ގޯލެކެވެ.

ޖުމްލަ އެކު، 36،253 ސަޕޯޓަރުން މެޗު ބަލަން ވަންއިރު، އިންޑިއާ އިން ވެސް ކޮންމެ ވެސް ވަރަކަށް އެޓޭކް ކުރެވޭތޯ ބެލި އެެވެ. އެކަމަކު، އޮސްޓްރޭލިއާގެ އޮގަނައިޒް ޑިފެންސް ތެރެއިން މާ ގިނަ ފުރުސަތުތަކެއް ވެސް ނުހޯދުނެވެ.

ބަދަލަކަށް އެރި ދެ ކުޅުންތެރިންގެ ބައިވެރިވުމާ އެކު، އޮސްޓްރޭލިއާ އިން ދެ ވަނަ ގޯލެއް ޖެހީ، މެޗުގެ 73 ވަނަ މިނިޓްގަ އެެވެ. ޖޯޑަން ބޮސް މި ގޯލު ޖެހީ އެ ޓީމުގެ ރައިލީ މެކްގްރީ ނަގައިދިން ހުރަހަކުންނެވެ.

ބުރާސްފަތި ދުވަހު، މި ގްރޫޕްގެ އަނެއް މެޗުތައް ކުޅޭއިރު، އިންޑިއާ ކުޅޭނީ އުޒްބެކިސްތާންއާ އެވެ. އަދި އޮސްޓްރޭލިއާ އިން ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ.