ބޮޑު ތަފާތަކުން މޭޔަރުގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާޒިމް ކާމިޔާބު ކުރައްވައިފި

މިއަދުގެ އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމް: އިންތިހާބު ކާމިޔާބު ކުރެއްވީ އިތުރު ހަތަރު ކެންޑިޑޭޓަކާ ވާދަ ކުރައްވައިގެން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މިއަދުގެ އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމް: އިންތިހާބު ކާމިޔާބު ކުރެއްވީ އިތުރު ހަތަރު ކެންޑިޑޭޓަކާ ވާދަ ކުރައްވައިގެން -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

ހަތަރު ކެންޑިޑޭޓުންނާ ވާދަ ކުރައްވައި އާޒިމް އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ.

ސަރުކާރުގެ ހިންގާ ކޯލިޝަން ޕީއެންސީ/ޕީޕީއެމްއިން ނުކުތް ކެންޑިޑޭޓު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ އަށް ލިބިވަޑައިގަތީ 5،035 ވޯޓެވެ.

ދަ ޑިމްރެޓްސްއިން ވާދަ ކުރެއްވި މުހައްމަދު ސައިފް ފާތިހު އަށް 2343 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު އަމިއްލަ ގޮތުން ވާދަ ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،888 ވޯޓެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުވައިބު އަލީ ހޯއްދެވީ 125 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބިފައިވާ ވާއިރު، ވޯޓުލާން ނުކުތީ 31.84 ޕަސެންޓު މީހުންނެވެ. އެއީ 17،410 މީހުންނެވެ. އޭގެ ތެރެއިން 402 މީހުންގެ ވޯޓު ވަނީ ބާތިލުވެފަ އެވެ. އެހެންވެ، ސައްހަ ވޯޓުގެ ޖުމުލަ އަދަދަކީ 17،008 އެވެ.

މާލޭގެ މޭޔަރުގެ މަގާމު އެމްޑީޕީގެ ކެންޑިޑޭޓަކަށް މި ލިބުނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް މާލެއިން ބޮޑު ނާކާމިޔާބީއެއް ލިބިފައި އޮއްވަ އެވެ. އެހެންވެ، އެމްޑީޕީން ވަނީ ވަރަށް ބޮޑަށް އެކަމުގައި އުފާ ފާޅުކޮށްފަ އެވެ.

ރައީސް އިބްރާހިްމ މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ މަގާމު އަދާކުރެއްވި އާޒިމް އެމްޑީޕީ އަށް ގުޅިވަޑައިގަތީ ދާދި ފަހުންނެވެ.

ޕާޓީއާ ގުޅިވަޑައި ނުގަތަސް އެމްޑީޕީއާއެކު އާޒިމް މަސައްކަތް ކުރައްވަން ފެއްޓެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާގެ ބޭބެ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުކޮށް ޖަލަށްލި ހިސާބުންނެވެ.

އާޒިމް ކެރިއަރު ފެށީ ކޫޕާސް އެންޑް ލައިބްރޭންޑުން އިންޓާނަލް އޮޑިޓަރެއްގެ ގޮތުގައެވެ. އަމިއްލަ ވިޔަފާރީގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަށް އާޒިމް އަދާކުރެއްވި އެވެ. އެގޮތުން މެނޭޖަރ-އެކައުންޓްސް، ޑެޕިއުޓީ ފައިނޭންސް މެނޭޖާ (ހެޑް އޮފް ފައިނޭންސް) އަދި އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި އެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އާޒިމް ވަނީ ޑިސެމްބަރު، 2018 އިން ޖެނުއަރީ، 2020 އަށް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ނޮވެމްބަރު، 2013 އިން ފެބްރުއަރީ، 2015 އަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox